Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




1 ޞަމޫއީލް 16:15 - ކިތާބުލް މުޤައްދަސާ

15 ޝާއުލްގެފާނުގެ އަރިހުބޭކަލުން ބުނަމުން ދިޔައެވެ. ”⁠ބައްލަވާ! ކަލޭގެފާނަށް ތިޔަ ކުރިމަތިވެ ވަޑައިގަންނަވަނީ މާތްކަލާނގެ ފޮނުއްވި ބަދު ރޫޙެއްގެ ދުއްތުރާތަކެއް.

အခန်းကိုကြည့်ပါ။ ကော်ပီ




1 ޞަމޫއީލް 16:15
6 ပူးပေါင်းရင်းမြစ်များ  

މާތްރަސްކަލާނގެ ޞަމޫއީލްގެފާނަށް ވަޙީ ކުރެއްވިއެވެ. ”⁠ކަލޭގެފާނު ޝާއުލްގެފާނާ މެދު ހިތާމަ ކުރައްވަން ހުންނަވާނީ ކިހާ ދުވަހަކު؟ ތިމަންކަލާނގެ މިވަނީ އިސްރާއީލުގެ ރަސްކަމުން ޝާއުލްގެފާނު ބޭރު ކުރައްވާފައި. ފުޅިއަކަށް ޒައިތޫނި ތެޔޮ އަޅައިގެން ބައިތުލަޙަމުގެ ޔައްސާގެ ގާތަށް ދޭ. އޭނާގެ ދަރިޔަކަށް އިސްރާއީލުގެ ވެރިކަން ދެއްވުމަށް ތިމަންކަލާނގެ ހަމަޖައްސަވައިފިން.⁠“


މިހާރު މާތްރަސްކަލާނގެ ރޫޙުފުޅު ވަނީ ޝާއުލްގެފާނުގެ ކިބައިން ގެންދަވާފައެވެ. އޭގެ ބަދަލުގައި އެކަލޭގެފާނުގެ މައްޗަށް ފޮނުއްވާފައިވާ ބަދު ރޫޙެއްގެ ސަބަބުން އެކަލޭގެފާނަށް ދުއްތުރާތަކާ ކުރިމަތިވަމުން ދިޔައެވެ.


ތިޔަ ކަންތައް ލައިގަންނަ ވަގުތު އޫދު ކުޅޭނެ މީހަކު ހޯދައިގެން ގެނައުމުގެ އަމުރުފުޅު ދެއްވާ. މާތްކަލާނގެ ބަދު ރޫޙު ފޮނުއްވާ ވަގުތު އޫދު ކުޅެންފެށީމާ ކަލޭގެފާނަށް ލުއިކަން ލިބިވަޑައި ގަންނަވާނެ.⁠“


ދެން މާތްކަލާނގެ ޝާއުލްގެފާނުގެ މައްޗަށް ގަދަފަދަ ބަދު ރޫޙެއް ފޮނުއްވައިފިއެވެ. ޝާއުލްގެފާނު އޮބިނޯވެގެން ގޭތެރޭގައި މޮޔަގޮވަން ފައްޓަވައިފިއެވެ. އެވަގުތު އެހެންޏާ ވެސް ފަދައިން ދާއޫދު އައިސް ނަރުކޮއްޓި ކުޅެން ފަށައިފިއެވެ. އޭރު ވެސް ޝާއުލްގެފާނުގެ އަތްޕުޅުގައި އޮންނަ ލޮންސި އޮތެވެ.


އަނެއްކާވެސް ޝާއުލްގެފާނަށް މާތްރަސްކަލާނގެ ބަދު ރޫޙެއް ފޮނުއްވައިފިއެވެ. އޭރު ޝާއުލްގެފާނު އިންނެވީ ލޮންސިއެއް ހިއްޕަވައިގެން ނެވެ. ދާއޫދު ނަރުކޮއްޓި ކުޅެން އިނެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ