1 ޞަމޫއީލް 16:14 - ކިތާބުލް މުޤައްދަސާ14 މިހާރު މާތްރަސްކަލާނގެ ރޫޙުފުޅު ވަނީ ޝާއުލްގެފާނުގެ ކިބައިން ގެންދަވާފައެވެ. އޭގެ ބަދަލުގައި އެކަލޭގެފާނުގެ މައްޗަށް ފޮނުއްވާފައިވާ ބަދު ރޫޙެއްގެ ސަބަބުން އެކަލޭގެފާނަށް ދުއްތުރާތަކާ ކުރިމަތިވަމުން ދިޔައެވެ. အခန်းကိုကြည့်ပါ။ |
ޞަމޫއީލްގެފާނު ވިދާޅުވިއެވެ. ”ކަލޭގެފާނު އަހަރެން ގެނެސް ތިޔަ ދުއްޕާން ކުރަނީ ކީއްވެ؟“ ”އަޅުގަނޑު މިއުޅެނީ ހަދާނެ ގޮތް ބޮޑުވެގެން.“ ޝާއުލްގެފާނު ދެންނެވިއެވެ. ”ފިލިސްޠީނުން އަޅުގަނޑާ ހަނގުރާމައަށް އައިސް އެބަތިބި. މާތްކަލާނގެ އަޅުގަނޑު ދޫކޮށް ލައްވައިފި. އެއްވެސް ނަބީއަކު މެދުވެރިވެގެން ވެސް އިލްހާމަކުން ވެސް ޖަވާބެއް ނުލިބޭ. ކަލޭގެފާނަށް މި ދެންނެވީ ހަދަންވީ ގޮތެއް އޮޅުންފިލުވުމަށް.“