1 ޞަމޫއީލް 16:13 - ކިތާބުލް މުޤައްދަސާ13 ދެން ޞަމޫއީލްގެފާނު ވަޑައިގެން އެ އެންމެ ބެއިންގެ ކުރިމަތީގައި އެކަލޭގެފާނު ގެންނެވި ޒައިތޫނި ތެޔޮ ދާއޫދުގެ ބޮލަށް އަޅައިފިއެވެ. އެދުވަހުން ފެށިގެން މާތްރަސްކަލާނގެ ރޫޙުފުޅު ގަދަފަދަ ކަމާއެކު ދާއޫދުގެފާނަށް ލިބިވަޑައިގެންފި އެވެ. ޞަމޫއީލްގެފާނު ދެން ރާމާއަށް އެނބުރި ވަޑައިގެންފިއެވެ. အခန်းကိုကြည့်ပါ။ |
އެގޮތުން އިސްރާއީލުގެ ހުރިހާ ބޮޑުން ޙަބްރޫނަށް އައިސް ދާއޫދު ރަސްގެފާނާ ބައްދަލު ކުރިއެވެ. ދާއޫދުގެ ފާނު އެމީހުންނާއެކު މާތްރަސްކަލާނގެ ކުރިފުޅުމަތީގައި މުޢާހަދާއެއް ކުރައްވައިފިއެވެ. ދެން އިސްރާއީލުގެ ހަރުމީހުން އައިސް ދާއޫދުގެފާނުގެ އިސްތަށިފުޅަށް ޒައިތޫނި ތެޔޮ އަޅައި އެކަލޭގެފާނު ރަސްކަމަށް އިސްކޮށްފިއެވެ.
މާތްރަސްކަލާނގެ ޝާއުލް ރަސްކަމުން ބާލުއްވާ ދެން ބަނީއިސްރާއީލުގެ ރަސްކަން ދެއްވީ ދާއޫދުގެފާނަށް. ދާއޫދުގެފާނާއި މެދު މާތްރަސްކަލާނގެ މި ފަދައިން ވަޙީކުރެއްވި. ’ޔައްސާގެ ދަރި ދާއޫދުއަކީ ތިމަންކަލާނގެ އެމީހަކާއި މެދު ހިތްހަމަޖެހިވޮޑިގެންވާ މީހެކޭ. އަދި މިއީ ތިމަންކަލާނގެ ކުރުމަށް އަންގަވާ ހުރިހާ ކަމެއް އެ އެންގެވި ގޮތަށް ކުރާނެ ވެސް މީހެކޭ.‘
ހެޔޮކަންތަކަށް ކަލޭގެފާނު ލޯބިވެ ވަޑައިގަންނަވައެވެ. ކަލޭގެފާނު ނަފްރަތު ކުރައްވަނީ ނުބައި ކަންތަކަށެވެ. އެހެންކަމުން ތިމަން ކަލާނގެ، ކަލޭގެފާނުގެ ކަލާނގެ، ކަލޭގެފާނު ޚިޔާރު ކުރެއްވީމުއެވެ. އަދި މިހާތަނަށް ކަލޭގެފާނުގެ އެއްވެސް ބައިވެރިޔަކަށް ތިމަން ކަލާނގެ ދެއްވާފައި ނުވާފަދަ ޝަރަފަކާއި އުފާވެރިކަމެއް ދެއްވީމުއެވެ.“