Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




1 ޞަމޫއީލް 16:12 - ކިތާބުލް މުޤައްދަސާ

12 ދެން އޭނާ ގެނުވައިފިއެވެ. އެއީ ލޮލުގެ ވިދުވަރު ގަދަ ކުލަ އަލި ސަމައްތަރު ހެޔޮ ސިފަ ރީތި ކުއްޖެކެވެ. މާތްރަސްކަލާނގެ ވަޙީ ކުރެއްވިއެވެ. ”⁠ތިއީ އެމީހަކީ. ގޮސް އޭނާ އިސްކުރޭ.⁠“

အခန်းကိုကြည့်ပါ။ ကော်ပီ




1 ޞަމޫއީލް 16:12
19 ပူးပေါင်းရင်းမြစ်များ  

ވީމާ، ފޫޠީފާރުގެ މިލްކިއްޔާތުގައިވާ އެންމެހާ ތަކެތީގެ މައްޗަށް މަސްއޫލުވެ ހިންގައި ބެލެހެއްޓުމުގެ ފުރިހަމަ ބާރު ޔޫސުފުގެފާނަށް އޭނާ ދިނެވެ. އަދި ޔޫސުފުގެފާނު އޭނާ އާއި އެކުގައި ހުންނެވުމުން އޭނާ ކާނެ ކެއުމަކާ މެދު ފިޔަވައި އެހެން އެއްވެސް ކަމަކާ މެދު އޭނާ ފިކުރު ކުރާކަށް ނުޖެހެއެވެ. މިހާރު ޔޫސުފުގެފާނަކީ ހެދިހުރި ހަށިގަނޑެއް ލިބިފައިވާ ނުހަނު ރިވެތި ފިރިހެންވަންތަ ބޭކަލެކެވެ.


މި ބަސްތައް މި ލިޔަނީ ޔައްސާގެ ދަރި ދާއޫދުގެފާނެވެ. މިއީ މާތްކަލާނގެ މަތީ މަޤާމު ދެއްވެވި ބޭކަލެއްގެ ބަސްފުޅެވެ. އޭނާއަކީ ޔަޢުޤޫބުގެފާނުގެ ކަލާނގެ ރަސްކަން ދެއްވާފައިހުރި ބޭކަލެކެވެ. މިއީ އިސްރާއީލީންނަށްޓަކައި ރީތި މަދަހަ ހައްދަވައި ވިދާޅުވެ އުޅުއްވި ކަލޭގެފާނު ވެސް މެއެވެ.


”⁠ތިމަންކަލާނގެ ޚާދިމު ދާއޫދުގާތު ބުނޭ ’⁠މިއީ ކުޅަދުންވަންތަ ކަލާނގެ ކުޅަދުންވަންތަ މާތްރަސްކަލާނގެ ބަސްފުޅޭ: ތިމަންކަލާނގެ ކަލޭ ހޮއްވެވީ ދަނޑުމަތީގައި ކަންބަޅި ބަލަހައްޓަން އުޅެނިކޮށޭ. އަދި ތިމަންކަލާނގެ ވަނީ ކަލޭގެފާނަށް އިސްރާއީލު މީހުންގެ ވެރިކަން ދެއްވާފައޭ.


ދެން އެ އަންހެން މީހާ ބަލިވެ އިނދެ ފިރިހެން ކުއްޖަކު ވިހެއެވެ. އޭނާއަށް އެކުއްޖާގެ ފުރިހަމަކަން ފެނުމުން އެކުއްޖާ ފޮރުވައިގެން ތިން މަސް ދުވަހު ގެންގުޅެފިއެވެ.


އެތައް ޒަމާނެއްގެ ކުރިން މާތްރަސްކަލާނގެ އެންގެވި މި ބަސްފުޅުތަކާއި އެއްފަދައިން މިތާ ޖެރޫސަލަމުގައި ވެސް ކަންތައްތައް ވެއްޖެ. އެއީ ހެރޮދު ރަސްގެފާނާއި ގަވަރުނަރު ޕޮންތިޔުސް ޕިލާތުސް އާއި އީމާން ނުވާ މީހުންނާއި ބަނީއިސްރާއީލު މީހުންނާއި އެކުވެ، މާތްރަސްކަލާނގެ ޚާއްސަ ކުރެއްވި އަލްމަސީޙު، އިނބަރަސްކަލާނގެ މާތް ޚާދިމު، އީސާގެފާނާއި ދެކޮޅު ހެދި.


މޫސާގެފާނު ވެސް އުފަންވީ މި ދުވަސްވަރު. އެކަލޭގެފާނު ވީ ވަރަށް ވެސް ރީތި ކުއްޖަކު ކަމުގަ. އެކަލޭގެފާނުގެ މައިންބަފައިން ތިން މަސް ވަންދެން އެކަލޭގެފާނު ބެލެހެއްޓި.


މޫސާގެފާނުގެ މައިންބަފައިންގެ ހުރި އީމާންކަމުގެ ސަބަބުން އެކަލޭގެފާނު އުފަންވުމަށް ފަހު ތިން މަސް ވަންދެން ފޮރުވައިގެން ގެންގުޅުނެވެ. އެކުއްޖާގެ ރީތިކަން ފެނި ރަސްގެފާނުގެ އަމުރުފުޅަށް ނުކިޔަމަންތެރި ވުމަކަށް އެ މައިންބަފައިން ޖެހިލުމެއް ނުވިއެވެ.


އަރިހުބޭކަލުން ކުރެ އެކަކު ދެންނެވިއެވެ. ”⁠ބައިތުލަޙަމުގައި އުޅޭ ޔައްސާ ކިޔާމީހެއްގެ ދަރިޔަކު ވަރަށް މޮޅަށް ނަރުކޮއްޓި ކުޅޭތަން އަޅުގަނޑު ދުށިން. އަދި އޭނާއަކީ ކުޅަދާނަ ހިތްވަރުގަދަ ފަހުލަވާނެއް ވެސްމެ. އޭނާއަކީ ވާހަކަ ދެއްކުންތެރި ރީތި މީހެއް. އަދި އޭނާއާއެކު މާތްރަސްކަލާނގެ ވެސް ވޮޑިގެންވޭ.⁠“


ޖުލިޔާތަށް އޭނާގެ ކުރިމައްޗަށް ދޮންވަރެއްގެ ސޮރަކު އަންނަތަން ފެނުމުން އައީ އަމަށަކު ހިންޏެއް ނޫނެވެ.


ދާއޫދު ހަނގުރާމައަށް ނުކުތްތަން ފެނުނު ހިނދު ސިފައިންގެ ވެރިޔަކަށް ހުރި އަބްނައިރު ކުރެން ޝާއުލްގެފާނު އެއްސެވިއެވެ. ”⁠މީ ކާކުގެ ދަރިއެއްތަ؟⁠“ ”⁠މަސާހިބު. އެއްގޮތަކަށް ވެސް އަޅުގަނޑަކަށް ނޭނގޭ.⁠“


ޞަމޫއީލްގެފާނަށް އޭނާ ފެނިވަޑައިގަތުމާއެކު މާތްރަސްކަލާނގެ ވަޙީކުރެއްވިއެވެ. ”⁠ތިމަންކަލާނގެ އިއްޔެ ކަލޭގެ ގާތު ބުނީ މީނާގެ ވާހަކަ. މިއީ ތިމަންކަލާނގެ މީހުންގެ މައްޗަށް ވެރިކަން ކުރާނެ މީހަކީ.⁠“


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ