Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




1 ޞަމޫއީލް 16:11 - ކިތާބުލް މުޤައްދަސާ

11 އެހެންވެ އެކަލޭގެފާނު އެއްސެވިއެވެ. ”⁠ދެން އެހެން ދަރިޔަކު ނެތްތަ؟⁠“ ”⁠ނޫން އެންމެ ހަގު ކުއްޖާ ވެއްޖެ ބަކަރި ހުއިހައްޕަން ގޮސް.⁠“ ޔައްސާ ދެންނެވިއެވެ. ޞަމޫއީލްގެފާނު ވިދާޅުވިއެވެ. ”⁠އޭނާ ބަލާ ފޮނުވާ. އޭނާ ނާންނަނީސް ކައިބޮއި ހަދާކަށް ނުއިށީންނާނަން.⁠“

အခန်းကိုကြည့်ပါ။ ကော်ပီ




1 ޞަމޫއީލް 16:11
8 ပူးပေါင်းရင်းမြစ်များ  

އަމްނޫނުގެ ރައްޓެއްސަކަށް ޔޫނަދަބު ކިޔާ މީހަކު ހުއްޓެވެ. އޭނާއަކީ ދާއޫދުގެފާނުގެ ބޭބެ ޝިމްޢީގެ ދަރިއެކެވެ. ޔޫނާދާބު އަކީ ވަރަށް ހިޔަޅު ބުއްދި ހުންނަ މީހެކެވެ.


”⁠ތިމަންކަލާނގެ ޚާދިމު ދާއޫދުގާތު ބުނޭ ’⁠މިއީ ކުޅަދުންވަންތަ ކަލާނގެ ކުޅަދުންވަންތަ މާތްރަސްކަލާނގެ ބަސްފުޅޭ: ތިމަންކަލާނގެ ކަލޭ ހޮއްވެވީ ދަނޑުމަތީގައި ކަންބަޅި ބަލަހައްޓަން އުޅެނިކޮށޭ. އަދި ތިމަންކަލާނގެ ވަނީ ކަލޭގެފާނަށް އިސްރާއީލު މީހުންގެ ވެރިކަން ދެއްވާފައޭ.


އެއްދުވަހަކު މޫސާގެފާނު އެކަލޭގެފާނުގެ ބަފައިކަލުން މިދްޔާންގެ އިމާމު ޔަސްރޫގެ ކަންބަޅިބަކަރިތައް ގޮވައިގެން ހުއިހެއްޕުމަށް ވަޑައިގެންނެވިއެވެ. އެކަލޭގެފާނު އެ ޖަނަވާރުތައް ގޮވައިގެން ސަހަރާ ހުރަސް ކުރައްވައި މާތްކަލާނގެ ފަރުބަދަ ޠޫރުސީނާ އާ ހަމަޔަށް ވަޑައިގެންފިއެވެ.


ދެން ޔައްސާ އޭނާގެ ހަތް ފިރިހެން ދަރިން ގެނަސްފިއެވެ. ”⁠މިއިން އެއްވެސް ދަރިޔަކު މާތްރަސްކަލާނގެ ނުހޮއްވެވި.⁠“


ދާއޫދުއާ އެމީހާއާއި ދޭތެރޭ މިދެކެވޭ ވާހަކަތައް އެންމެ ދޮށީ ބޭބެ އަލިޔާބަށް އަޑު އިވިގެން ރުޅި އަތުވެއްޖެއެވެ. ”⁠ކަލޭ މިތަނަށް ތިޔަ އައީ ކީއްކުރަން. ކޮބައިތަ ކަލޭ ހަނަފަސްބިމުގައި ބަލަހައްޓަން އުޅުނު ބަކަރިތައް؟ ކާކާ ހަވާލު ކޮށްފަތަ ތިޔައައީ؟ ކަލޭ ތީ ނިކަން ސަކަރާތް ގަންނަ ހިތުން އުޅޭ ނިކަން ފޮނިވެސް މީހެކޭ. ކަލޭ އައިސް ތިހިރީ މިތާ ހަނގުރާމަ ކުރާތަން ބަލަން ކަން އަހަރެމެންނަށް އެނގެޔޭ.⁠“


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ