Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




1 ޞަމޫއީލް 16:1 - ކިތާބުލް މުޤައްދަސާ

1 މާތްރަސްކަލާނގެ ޞަމޫއީލްގެފާނަށް ވަޙީ ކުރެއްވިއެވެ. ”⁠ކަލޭގެފާނު ޝާއުލްގެފާނާ މެދު ހިތާމަ ކުރައްވަން ހުންނަވާނީ ކިހާ ދުވަހަކު؟ ތިމަންކަލާނގެ މިވަނީ އިސްރާއީލުގެ ރަސްކަމުން ޝާއުލްގެފާނު ބޭރު ކުރައްވާފައި. ފުޅިއަކަށް ޒައިތޫނި ތެޔޮ އަޅައިގެން ބައިތުލަޙަމުގެ ޔައްސާގެ ގާތަށް ދޭ. އޭނާގެ ދަރިޔަކަށް އިސްރާއީލުގެ ވެރިކަން ދެއްވުމަށް ތިމަންކަލާނގެ ހަމަޖައްސަވައިފިން.⁠“

အခန်းကိုကြည့်ပါ။ ကော်ပီ




1 ޞަމޫއީލް 16:1
34 ပူးပေါင်းရင်းမြစ်များ  

މިހެންގޮސް ދައްކާފަ ނުދައްކަންވީ ކޮން ވާހަކަތަކެއް ހެއްޔެވެ؟ ޖަދްއޫނާއި ބާރާގުއާއި ޝަމްޝޫންއާއި ޔަފްތާހު އާއި ދާއޫދުގެފާނާއި ޞަމޫއީލްއާއި އަދި އެހެނިހެން ނަބީބޭކަލުންގެ ވާހަކަ ވެސް ދައްކާ ކޮޅަކުން ނުލާނެއެވެ.


އީމާންކަން މަތީ ހުރި މީހަކު މަރުވެ ނުދާ ފަދަ ފާފައެއް ކުރާތަން ފެނިއްޖެނަމަ އޭނާއަށްޓަކައި ތިޔަބައިމީހުން ދުޢާކުރާށެވެ. އޭރުން އެކަލާނގެ އެމީހަކަށް ދިރިހުރުން ދެއްވާނެއެވެ. އެކަމަކު އެއީ މީހާ މަރުވެ ނެތިދާފަދަ ފާފައެއް ކުރާ މީހެއް ނަމަ އެފަދަ ފާފަތަކުގެ އަދަބުން ސަލާމަތްކުރެއްވުން އެދި ދުޢާ ދަންނަވާށެއެކޭ އަހަރެންނެއް ނުބުނަމެވެ.


ދެން ޞަމޫއީލްގެފާނު ގެންނެވި ޚާއްސަ ތެލެއް ޝާއުލްގެ ބޮލަށް އެޅުއްވުމަށް ފަހު އޭނާއަށް ބޮސް ދެއްވިއެވެ. އަދި ވިދާޅުވިއެވެ. ”⁠އަހަރެން މިކަންތައް މިކުރަނީ މާތްރަސްކަލާނގެއަށް ޚާއްސަ މީހުން ކަމަށްވާ އިސްރާއީލީންގެ ވެރިޔަކަށް ކަލޭ ހަމަޖެއްސެވީމަ.


”⁠ޝާއުލްގެފާނު ތިމަން ކަލާނގެ އަކަށް ކިޔަމަނެއް ނުވޭ. އޭނާ ރަސްކަމަށް އިސްކުރެވުނީތީ ދެރަވެއްޖައިން.⁠“ ޞަމޫއީލްގެފާނު ކޯފާވެއްޖެއެވެ. އެހެންވެ މުޅި ރޭގަނޑުގައި ދުޢާ ކުޅައުންމަތީ އެކަލޭގެފާނު އިންނެވިއެވެ.


މާތްރަސްކަލާނގެއާ ދެކޮޅުވެރި ވެގަތުމަކީ ސިހުރުހާހޫރަ ހެދުން ވަރުގެ ނުބައިކަމެއް. ބޮޑާވެގަތުމަކީ ބުދަށް އަޅުކަން ކުރުން ފަދަ ފާފަބޮޑު ކަމެއް. އެހެނީ ކަލޭގެފާނު މާތްރަސްކަލާނގެ އަމުރުފުޅަކާ ދެކޮޅު ހައްދަވައިފީމު. އެހެންކަމުން ކަލޭގެފާނަކީ ރަސްކަލެއް ކަމުގައި މާތްރަސްކަލާނގެ ބައްލަވާ ވޮޑިއެއް ނުގަންނަވާ.⁠“


ޞަމޫއީލްގެފާނު ވިދާޅުވިއެވެ. ”⁠އަޅުގަނޑު ކަލޭގެފާނާ އެއްކަކު ނުދާނަން. ކަލޭގެފާނު ތިޔަވަނީ މާތްރަސްކަލާނގެ އެންގެވުމާ ޚިލާފުވެފަ. ކަލޭގެފާނަކީ ރަސްކަލެއް ކަމަކަށް މާތްރަސްކަލާނގެ ދެކެވޮޑިއެއް ނުގަންނަވާ.⁠“


ޞަމޫއީލްގެފާނު އަވަހާރަވުމަށް ދާނދެން އެކަލޭގެފާނު ޝާއުލްގެފާނާ ބައްދަލު ކުރާކަށް ވަޑައެއް ނުގަންނަވައެވެ. އެހެނަސް ޝާއުލްގެފާނާ މެދު ޞަމޫއީލްގެފާނު ނުހަނު ދެރަފުޅު ވިއެވެ. އެކަލޭގެފާނު ރަސްކަލަކަށް ހެއްދެވުނީތީ މާތްރަސްކަލާނގެ ހިތާމަފުޅު ކުރެއްވިއެވެ.


ޝާއުލްގެފާނުގެ އަރިހުބޭކަލުން ބުނަމުން ދިޔައެވެ. ”⁠ބައްލަވާ! ކަލޭގެފާނަށް ތިޔަ ކުރިމަތިވެ ވަޑައިގަންނަވަނީ މާތްކަލާނގެ ފޮނުއްވި ބަދު ރޫޙެއްގެ ދުއްތުރާތަކެއް.


ޝާއުލްގެފާނުގެ ގާތަށް މާތްކަލާނގެ ބަދު ރޫޙެއް ފޮނުއްވުމުން ދާއޫދު އޫދު ކުޅެން ފަށައެވެ. އެއާއެކު އެ ބަދު ރޫޙު ދުރަށް ގޮސް ޝާއުލްގެފާނަށް ލުއިކަން ލިބިވަޑައި ގަންނަވައެވެ.


ދާއޫދުގެފާނަކީ ޔަހޫޛާގެ ބައިތުލަޙަމުގެ އަފްރާތީ ޚާންދާނުން އައިސްހުރި ޔައްސާގެ ދަރިއެކެވެ. ޔައްސާގެ އަށް ދަރިން ތިބެއެވެ. ޝާއުލްގެފާނުގެ ޒަމާން އައިއިރު އޭނާ ހުރީ މުސްކުޅި ވެފައެވެ.


”⁠މާދަމާ މިހާކަށް ހާއިރު މީހަކު އަންނާނެ. އޭނާއަކީ ބަންޔާމީންގެ ދަރިކޮޅުގެ މީހެއް. އޭނާ ތިމަންކަލާނގެ މީހުން ކަމަށްވާ އިސްރާއީލީންގެ ވެރިއަކަށް ހަމަޖައްސާ. އޭނާ އެމީހުން ފިލިސްޠީނުންގެ އަތްދަށުން ސަލާމަތް ކޮށް ދޭނެ. މިވަގުތު އެމީހުން އުޅެމުން ދާ ދަތިހާލު ތިމަންކަލާނގެއަށް ފެނިވޮޑިގަންނަވާ. އަދި އެމީހުންގެ ރުއިމުގެ އަޑު ވެސް ތިމަން ކަލާނގެއާ ހަމައަށް ވަނީ އައިސްފައި.⁠“


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ