Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




1 ޞަމޫއީލް 15:9 - ކިތާބުލް މުޤައްދަސާ

9 ޝާއުލްގެފާނާއި ސިފައިން އެރަށުގެ ރަސްގެފާނާއި ސިއްޙަތު ރަނގަޅު ގެރިބަކަރި ކަންބަޅިތަކެއް ނުމަރައެވެ. އެމީހުން ބަލިކަށި ހުރިހާ އެއްޗެއް ގަތުލު ކޮށްފިއެވެ. އެހެނަސް ބޭނުންހިފޭ އެއްވެސް އެއްޗެއް ނައްތައެއް ނުލައެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




1 ޞަމޫއީލް 15:9
10 ပူးပေါင်းရင်းမြစ်များ  

އެމީހުން މާތްރަސްކަލާނގެ ޢަހުދުނާމާ ފޮށިކޮޅު ހިފައިގެން އައިސް ހަ ފިޔަވަޅު އަޅާފައި މަޑުކޮށްލައިފިއެވެ. އެތަނުގައި ދާއޫދުގެފާނު ފިރިހެން ގެރިއަކާއި މަސްފަލަ ޅަގެރިއެއް ކަތިލައްވައި ޤުރުބާނީ ވެދުން ކުރައްވައިފިއެވެ.


އަހަރެމެންނަށް މި އަތަރުފުޅި ނުހަނު އަގުބޮޑުކޮށް ވިއްކާލެވިދާނެ. އަދި އެ ފައިސާ ފަގީރުންނަށް ދެވިދާނެ.⁠“


މާތްރަސްކަލާނގެ ޞަމޫއީލްގެފާނަށް އެންގެވިއެވެ.


”⁠އެއީ ސިފައިން ޢަމާލިޤީނުން ގެނައި އެއްޗެހި ތަކެއް. އެމީހުން ސިއްޙަތު ރަނގަޅު އެއްޗެހި ނުމަރައި ގެނައީ ކަލޭގެފާނުގެ އިލާހު، މާތްރަސްކަލާނގެއަށް ޤުރުބާން ކުރުމަށް. އެހެން ހުރިހާ އެއްޗެއް އެމީހުން ނައްތާލައިފި.⁠“


ކަލޭގެފާނު މާތްރަސްކަލާނގެ އަށް ކިޔަމަން ނުވީ ކީއްވެ؟ ކަލޭގެފާނު ސިއްޙަތު ރަނގަޅު ޖަނަވާރުތައް މިތަނަށް ގެންނެވީ ކީއްވެ؟ މާތްރަސްކަލާނގެ ކޯފާވެ ވޮޑިގަންނަވާނެ ގޮތް ހެއްދެވީ ކީއްވެ؟⁠“


ދާށޭ، ގޮސް ޢަމާލިޤީން އެންމެން ނައްތާލާށޭ. އަންހެނަކަސް ފިރިހެނަކަސް ކުޑަކުއްޖަކަސް ގެރި ބަކަރިއަކަސް ހިމާރަކަސް ޖަމަލަކަސް އެކައްޗެއް ވެސް ބަހައްޓައިގެން ނުވާނެއޭ.⁠“


ކަލޭގެފާނު ޢަމާލިޤީންނާ މެދު މާތްރަސްކަލާނގެ އެންގެވި ގޮތާ ޚިލާފުވެ އެމީހުންގެ މައްޗަށް އެކަލާނގެ ފޮނުއްވި ކޯފާ ފުރިހަމަ ނުކުރުމުގެ ސަބަބުން އެކަލާނގެ ކަލޭގެފާނުގެ މައްޗަށް މިއަދު މިވަނީ ތިޔަ މުސީބާތް ކުރިމަތި ކުރައްވާފައި.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ