8 އެކަލޭގެފާނު ޢަމާލިޤީންގެ ރަސްގެފާނު އަޖާޖް ހައްޔަރު ކުރެއްވިއެވެ. އެހެނަސް އެރަށުގެ އެންމެން ގަތުލު ކުރެއްވިއެވެ.
އެއީ އަދޫމާއި، މުއާބުއާއި ޢައްމޫނީންނާއި ޢަމާލިޤީންނާއި އަދި އެނޫން ވެސް ފިލިސްޠީނުންގެ ރަށްތަކުންނެވެ. އެކަލޭގެފާނު ޒޫބާގެ ރަސްގެފާނު ރަހޫބުގެ ދަރި ހަދަދުޢަޒަރުގެ އަތުން އަތުލައިގަތް ޣަނީމާތަކާ މެދު ވެސް ކަންތައް ކުރެއްވީ އެގޮތަށެވެ.
”އަޅުގަނޑު މާތްރަސްކަލާނގެ އަމުރުފުޅަށް ކިޔަމަންގަތިން“ ޝާއުލްގެފާނު ދެންނެވިއެވެ. ”އެކަލާނގެ އަޅުގަނޑު ފޮނުއްވީ އެ ރަށް ނައްތާލުމަށް. އަޅުގަނޑު ރަސްގެފާނު އަޖާޖް ހައްޔަރު ކުރިން. އެރަށް އެއްކޮށް ނައްތާލިން.
ދާށޭ، ގޮސް ޢަމާލިޤީން އެންމެން ނައްތާލާށޭ. އަންހެނަކަސް ފިރިހެނަކަސް ކުޑަކުއްޖަކަސް ގެރި ބަކަރިއަކަސް ހިމާރަކަސް ޖަމަލަކަސް އެކައްޗެއް ވެސް ބަހައްޓައިގެން ނުވާނެއޭ.“
ޝާއުލްގެފާނުގެ އަމުރުފުޅަށް އިމާމުންގެ ރަށް ކަމަށްވާ ނައުބުގެ އަންހެނުންނާއި ކުޑަކުދިންނާއި ޅަދަރިންނާއި ގެރިބަކަރި ހިމާރު ކަންބަޅި ފަދަ ހުރިހާ އެއްޗެއް މަރައި ސުންނާފަތި ކޮށްފިއެވެ.
ތިންވަނައަށް ވީ ދުވަހު ދާއޫދާއި އޭނާގެ މީހުން ޞިޤްލަޣަށް ދިޔައިރު ޢަމާލިޤީން ވަނީ ދެކުނަށާއި ޞިޤްލަޣަށް ހަމަލަ ދީފައެވެ. އެމީހުން ޞިޤްލަޣަށް ހަމަލަ ދިނުމަށް ފަހު އެރަށް ވަނީ އަންދާލާފަ އެވެ.