Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




1 ޞަމޫއީލް 15:7 - ކިތާބުލް މުޤައްދަސާ

7 ދެން ޝާއުލްގެފާނު ޢަމާލިޤީން ބަލި ކުރައްވައިފިއެވެ. އެމީހުންގެ ފަހަތުން އެކަލޭގެފާނު ޙަވީލާއިން ޝޫރުއާ ހަމަޔަށް ވަޑައިގަތެވެ. އެއީ މިޞްރުގެ އިރުމަތިން އިންވެގެން އޮންނަ ރަށެކެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




1 ޞަމޫއީލް 15:7
11 ပူးပေါင်းရင်းမြစ်များ  

ޝޫރަށް ދާ މަގުމަތީގައިވާ ސަހަރާގެ ތެރޭ، ފެންއާރެއްގެ ކައިރީ ހާޖަރު ހުއްޓާ މާތްރަސްކަލާނގެ މަލާއިކަތާ އޭނާ އާއި ބައްދަލު ކުރެއްވިއެވެ. އެ މަލާއިކަތާ ހާޖަރަށް ވިދާޅުވިއެވެ. ”⁠ސާރާއީގެ އަޅު އަންހެނާ. ތިޔަ އަންނަނީ ކޮންތާކުންތަ؟ ތިޔަ ދަނީ ކޮންތާކަށްތަ؟⁠“ ހާޖަރު ޖަވާބުގައި ދެންނެވިއެވެ. ”⁠އަޅާ މި ދުވަނީ އަޅުގެ ސާހިބާ ސާރާއީ އާއި ދުރަށް ދިޔުމަށް.⁠“


ފުރަތަމަ ކޯރުގެ ނަމަކީ ފީޝޫންއެވެ. އެކޯރު ދެމެމުން ދިޔައީ ޙަވީލާއޭ ކިޔުނު ސަރަހައްދުގެ އެއްކޮޅުން އަނެއްކޮޅަށެވެ. އެސަރަހައްދުން ރަން ވެސް ލިބެއެވެ.


އަދި އެކަލޭގެފާނުގެ ދަރިފަސްކޮޅު ދިރިއުޅެމުން ގެންދިޔައީ ޙަވީލާ އިން ފެށިގެން ޝޫރު އާއި ދެމެދުގައި ވީ ސަރަހައްދުތަކުގައެވެ. އެއީ އައްޝޫރުއަށް ދާން އޮންނަ މަގުން މިޞްރުގެ އިރުމަތީ ފަރާތުގައެވެ. އިސްމާޢީލްގެފާނާއި އާއިލާ ދިރިއުޅުއްވަމުން ގެންދެވީ އިބްރާހީމްގެފާނުގެ ދަރިފަސްކޮޅުގެ އެހެން މީހުންނާއި މުޅިން އެކަހެރި ކޮށެވެ.


ދެން މޫސާގެފާނު ބަނީ އިސްރާއީލީން ގޮވައިގެން ރަތްކަނޑާ ދުރަށް ޝޫރު ސަހަރާގެ ތެރެއަށް ވަޑައިގެންފިއެވެ. އެމީހުން އެ ސަހަރާގެ ތެރޭގައި ތިން ދުވަސްވަންދެން ހިނގި އިރު ވެސް އެތަނަކުން ފެނެއް ނުފެނުނެވެ.


އެކަލޭގެފާނު ވަރަށް ހިއްވަރާއެކު ހަނގުރާމަ ކުރައްވައި ޢަމާލިޤީން ވެސް ބަލި ކުރެއްވިއެވެ. އަދި އިސްރާއީލު ލޫޓުވާލަން އައި ކޮންމެ ބައެއްގެ އަތްދަށުން އިސްރާއީލު ސަލާމަތް ކުރެއްވިއެވެ.


މިހެން އުޅެފައި ދާއޫދާއި އޭނާގެ މީހުން އެ ހިސާބުގައި އުޅޭ ޖަރުޒީއިންނާއި ޢަމާލިޤީންނާއި ޖަޝޫރީންނަށް ހަމަލާ ދީފިއެވެ. (އަންދުވަހުން ފެށިގެން ވެސް މި މީހުންނަކީ މިޞްރާއި ޝޫރާއި ދެމެދުގައި އުޅެމުން އައިސްފައިވާ ބަޔެކެވެ.)


ތިންވަނައަށް ވީ ދުވަހު ދާއޫދާއި އޭނާގެ މީހުން ޞިޤްލަޣަށް ދިޔައިރު ޢަމާލިޤީން ވަނީ ދެކުނަށާއި ޞިޤްލަޣަށް ހަމަލަ ދީފައެވެ. އެމީހުން ޞިޤްލަޣަށް ހަމަލަ ދިނުމަށް ފަހު އެރަށް ވަނީ އަންދާލާފަ އެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ