Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




1 ޞަމޫއީލް 15:6 - ކިތާބުލް މުޤައްދަސާ

6 ދެން ޝާއުލްގެފާނު ޤައިނީންގެ މީހުންނަށް އެންގެވިއެވެ. ”⁠ކަލޭމެން މިތަނުން ދޭ. ނޫނީ ޢަމާލިޤީން ނައްތާލާއިރު އަހަރެމެންގެ އަތުން ކަލޭމެންގެ މީހުން ވެސް މަރުވެދާނެ. އެމީހުންނާ ދުރަށް މިތަން ދޫކޮށް ކަލޭމެން ދޭ. އެހެނީ ކަލޭމެން ވަނީ އިސްރާއީލީން މިޞްރުން ނުކުތުމުން އެމީހުންނަށް އެހީތެރިވެ ދީފައި.⁠“ އެހެންވެ ކަންޢާނީން ޢަމާލިޤީންނާ ދުރަށް ހިނގައްޖެއެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




1 ޞަމޫއީލް 15:6
21 ပူးပေါင်းရင်းမြစ်များ  

ހަމަ ޔަޤީނުން ވެސް އެރަށުގައިވާ ނުބައިމީހުންނާއެކު އެރަނގަޅު މީހުން ނައްތައެއް ނުލައްވާނެ. އެއީ އިނބަރަސްކަލާނގެއީ މުޅިދުނިޔޭގެ މައްޗަށް ހިސާބުބައްލަވައި ހަމަހަމަ ގޮތުގެ މަތިން ކަންތައްކުރައްވާ ކަލާނގެ.⁠“


އަހަރެން މިބުނާ އެއްޗެއް އަޑުއަހާ. އަހަރެން ކަލެއަށް ރަނގަޅު ނަސޭހަތެއް ދޭނަން. ކަލެއާއެކު މާތްކަލާނގެ ވޮޑިގެން ވާށި! ކަލޭ އެމީހުންނާ މާތްކަލާނގެއާ ދެމެދު ވަކީލެއްގެ ގޮތުގައި ހުރޭ. އެމީހުން ގެންނަ މަސްއަލަތައް އެކަލާނގެއަށް ހުށަހަޅާ.


ކަލޭމެން ދިރިއުޅެން ބޭނުންނަމަ ކަލޭމެންގެ ތިޔަ މޮޔަކަން ދޫކޮށްލާފައި ބުއްދީގެ މަގުން ހިނގާ.⁠“


ޕަތަރަސް އެތައް އިރެއް ވަންދެން މި ގޮތުގެ މަތިން އެމީހުންނާއި ވާހަކަ ދެއްކިއެވެ. ޕަތަރަސް އެމީހުންނަށް އާދޭހާ އެކު ބުންޏެވެ. ”⁠ކަލޭމެންގެ ނަފްސު މި ނުބައި ޒަމާނުގެ މީހުންގެ ނުފޫޒުން ސަލާމަތް ކުރޭ.⁠“


މާތްރަސްކަލާނގެ އޮނިސެފޯރަސް އާއި އޭނާގެ އާއިލާއަށް ރަޙުމަތް ލައްވާށިއެވެ. އޭނާ އަހަންނަށް ގިނަގިނައިން ހިތްވަރު ދީ ހެދިއެވެ. އަހަރެން ޖަލުގައި ގައިދުވެފައި ހުރީތީ އެކަމަކާ އޭނާ ލަދެއް ނުގަނެއެވެ.


ސައުދާގަރުން އެ ސަހަރަށް ބުނާނެއެވެ. ”⁠ތިބާގެ އަތުގައިވާ އެދެވިގެންވާ އެންމެހާ ތަކެތި ވަނީ ނެތި ގޮސްފަ. އަދި ތިބާގެ ލައްޒަތާއި އުޖާލާކަން ވަނީ ނެތިގޮސްފަ. އަދި ކުރިއަށް އޮތްތަނުގައި ތިބާއަށް އެތަކެތި އިތުރަށް ލިބިގެން ވެސް ނުވާނެމެ!⁠“


ޝާއުލްގެފާނު އެމީހުން ގޮވައިގެން ޢަމާލިޤުގެ ސަހަރަށް ވަޑައިގެން އެތަނުގެ ވާދީގައި ހަމަލަދޭން ތައްޔާރުވެ ފިލާ ތިބެއްޖެއެވެ.


އަޚީޝް ރަސްގެފާނު އައްސަވަ އެވެ. ”⁠މިއަދު އަރައިގަތީ ކޮން ހިސާބަކަށް ތަ؟⁠“ ދާއޫދު ދަންނަވައެވެ. ”⁠ޔަހޫޛާގެ ދެކުނު ހިސާބަށް⁠“ ނޫނީ ”⁠ދެކުނުގައިވާ ޔަރުހަމުއިލީންނަށް⁠“ ނޫނީ ”⁠ދެކުނުގައިވާ ޤައިނީންނަށް.⁠“


ރަކަލް، އަދި ޔަރުހަމުއިލުންގެ އަވަށްތަކާއި ޤައިނީންގެ އަވަށްތަކާއި،


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ