1 ޞަމޫއީލް 15:35 - ކިތާބުލް މުޤައްދަސާ35 ޞަމޫއީލްގެފާނު އަވަހާރަވުމަށް ދާނދެން އެކަލޭގެފާނު ޝާއުލްގެފާނާ ބައްދަލު ކުރާކަށް ވަޑައެއް ނުގަންނަވައެވެ. އެހެނަސް ޝާއުލްގެފާނާ މެދު ޞަމޫއީލްގެފާނު ނުހަނު ދެރަފުޅު ވިއެވެ. އެކަލޭގެފާނު ރަސްކަލަކަށް ހެއްދެވުނީތީ މާތްރަސްކަލާނގެ ހިތާމަފުޅު ކުރެއްވިއެވެ. အခန်းကိုကြည့်ပါ။ |
މާތްރަސްކަލާނގެ ޞަމޫއީލްގެފާނަށް ވަޙީ ކުރެއްވިއެވެ. ”ކަލޭގެފާނު ޝާއުލްގެފާނާ މެދު ހިތާމަ ކުރައްވަން ހުންނަވާނީ ކިހާ ދުވަހަކު؟ ތިމަންކަލާނގެ މިވަނީ އިސްރާއީލުގެ ރަސްކަމުން ޝާއުލްގެފާނު ބޭރު ކުރައްވާފައި. ފުޅިއަކަށް ޒައިތޫނި ތެޔޮ އަޅައިގެން ބައިތުލަޙަމުގެ ޔައްސާގެ ގާތަށް ދޭ. އޭނާގެ ދަރިޔަކަށް އިސްރާއީލުގެ ވެރިކަން ދެއްވުމަށް ތިމަންކަލާނގެ ހަމަޖައްސަވައިފިން.“