Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




1 ޞަމޫއީލް 15:30 - ކިތާބުލް މުޤައްދަސާ

30 ޝާއުލްގެފާނު ވިދާޅުވިއެވެ. ”⁠އަޅުގަނޑަކީ ފާފަވެރިޔަކީން. އެކަމަކު އަޅުގަނޑުގެ ބޮޑުންގެ ކުރިމަތީގައިއާއި އިސްރާއީލުގެ މީހުންގެ ކުރިމަތީގައި އަޅުގަނޑުގެ އަގުވައްޓަވާ ނުލައްވާ. ކަލޭގެފާނުގެ އިލާހު، މާތްރަސްކަލާނގެއަށް އަޅުކަން ކުރުމަށް އަޅުގަނޑާއެކު ވަޑައިގެން ދެއްވާ.⁠“

အခန်းကိုကြည့်ပါ။ ကော်ပီ




1 ޞަމޫއީލް 15:30
10 ပူးပေါင်းရင်းမြစ်များ  

ދެން ދާއޫދުގެފާނު ނާޘާންއަށް ވިދާޅުވިއެވެ. ”⁠އަހަރެންނަށް މާތްރަސްކަލާނގެ ކިބަފުޅަށް ފާފަ ކުރެވިއްޖެ!⁠“ ދެން ނާޘާން ދާއޫދުގެފާނަށް ދެންނެވިއެވެ. ”⁠އެހެންނަމަވެސް މާތްރަސްކަލާނގެ ކަލޭގެފާނަށް އަފޫ ކުރައްވައިފި. ކަލޭގެފާނުގެ ތިޔަފާފައިގެ ސަބަބުން މަރުނުގެންނެވުމަށް އެކަލާނގެ ހިންމަވައިފި.


ދެން ފިރުޢައުނު މޫސާގެފާނާއި ހާރޫނުގެފާނު ގެންނަވައި ވިދާޅުވެއްޖެއެވެ. ”⁠މިފަހަރު އަހަރެން ފާފަވެރި ވެއްޖެ.⁠“ ފިރުޢައުނު އިޢުތިރާފުވެ ވަޑައިގަތެވެ. ”⁠މާތްރަސްކަލާނގެ ވަނީ ޙައްޤު ގޮތުގައި. އަހަންނާއި އަހަރެންގެ މީހުންނަކީ ގޯސް ބައެއް.


އެހެނީ އެ މީހުން އެދުން ވެރިވަނީ މާތްރަސްކަލާނގެ ކިބަފުޅުން ލިބޭނެ މަތިވެރި ޝަރަފަކަށް ވުރެން ބޮޑަށް މީސްތަކުންގެ ކިބައިން ލިބޭނެ ތަޢުރީފުގެ ބަސްތަކަށެވެ.


ކަލޭމެން އެކަކު އަނެކެއްގެ ތަޢުރީފުގެ ބަސްތައް ލިބުމަށް އެދޭ. ނަމަވެސް އެއްކައުވަންތަ މާތްކަލާނގެ ކިބަފުޅުން ރުހިވޮޑިގަތުން ލިބިގަތުމަކަށް ކަލޭމެން މަސައްކަތެއް ނުކުރޭ. ވީއިރު ކަލޭމެންނަށް އީމާން ވެވޭނީ ކިހިނެއް؟


މީގެ އިތުރުން ދީންވެރިން ކަމުގައި ހެދިގެން އުޅޭނެއެވެ. އެހެނަސް މާތްރަސްކަލާނގެ މާތްރޫޙުފުޅުގެ އެމީހުންގެ ކިބައިގައި ނެތިގެންވެއެވެ. މިފަދަ މީހުންނާއި ތިބާ އެކަހެރިވެގެން ހުންނާށެވެ.


ދެން ޞަމޫއީލް އެކަލޭގެފާނާއެކު ވަޑައިގެން ޝާއުލްގެފާނާއެކު މާތްރަސްކަލާނގެއަށް އަޅުކަން ކޮށްފިއެވެ.


ދެން ޝާއުލްގެފާނު ވިދާޅުވިއެވެ. ”⁠އަހަރެން ފާފަވެރި ވެއްޖެ. ދަރިފުޅާ ދާއޫދު އެނބުރި އާދޭ އަހަރެންގެ ގާތަށް. އަހަރެންގެ ފުރާނައަކީ ކަލޭގެ ކުރިމަތީގައި އަގުހުރި އެއްޗެއް ކަން މިއަދު ދައްކައި ދީފީމު. މީގެ ފަހަކުން ކަލެއަށް ގެއްލުމެއް ދޭކަށް ނޫޅޭނަން. އަހަންނަށް މި ކުރެވުނީ ވަރަށް ބޮޑު މޮޔަ ކަމެއް.⁠“


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ