Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




1 ޞަމޫއީލް 15:28 - ކިތާބުލް މުޤައްދަސާ

28 ދެން ޞަމޫއީލްގެފާނު ވިދާޅުވިއެވެ. ”⁠ކަލޭގެފާނުގެ ރަސްކަން މިއަދު މާތްރަސްކަލާނގެ ވީދާ ލައްވައިފި. އިސްރާއީލުގެ ރަސްކަމަށް މިރަށާ އިންވެގެން އޮތް ރަށުން މީހަކު އެކަލާނގެ ހަމަޖައްސަވައިފި. އެއީ ކަލޭގެފާނަށް ވުރެން ރަނގަޅު މީހެއް.

အခန်းကိုကြည့်ပါ။ ကော်ပီ




1 ޞަމޫއީލް 15:28
20 ပူးပေါင်းရင်းမြစ်များ  

މިހާރު މިއޮތީ އެދުވަސް އައިސްފައި. މާތްރަސްކަލާނގެ އަންގަވާފައި ވަނީ ދާއޫދުގެފާނު މެދުވެރި ކުރައްވައި ފިލިސްޠީނުންނާއި އިސްރާއީލުގެ އެހެނިހެން ވެސް އަދާވާތްތެރިންގެ ކިބައިން އިސްރާއީލް ރައްކާތެރި ކޮށްދެއްވާނެ ކަމަށް.⁠“


ދާއޫދުގެފާނަށް އެކަލާނގެ ކުރެއްވި ވަޢުދުފުޅާ އެއްގޮތަށް ކަންތައް ހިންމެވުމަށް އެކަލޭގެފާނަށް އަހަރެން އެހީތެރި ނުވެއްޖެއްޔާ މާތްކަލާނގެ އަހަރެންގެ މައްޗަށް ބޮޑުވެގެންވާ ކޯފާއެއް ފޮނުއްވައިފާ ހުށި. މާތްރަސްކަލާނގެ އަންގަވާފައި ވަނީ ޝާއުލްގެފާނުގެ ރަސްކަން ނަންގަވައި ދާއޫދުގެފާނަށް ދެއްވާނެ ކަމަށް. އަދި އެކަލޭގެފާނުގެ ރަސްކަން ދާނުގެ ސަރަހައްދުން ފެށިގެން ބިއުރުސަބްޢައާ ހަމަޔަށް ފަތުރުއްވާނެ ކަމަށް.⁠“


ދާއޫދުގެފާނު މީކާލްއަށް ވިދާޅުވިއެވެ. ”⁠މާތްރަސްކަލާނގެ މީހުން ކަމަށްވާ އިސްރާއީލީންގެ ވެރިކަމަށް ގެންނެވި މީހަކީ އަހަރެން. ކަލޭގެ އާއިލާގެ މީހަކަށް ނޫން ވެރިކަން ދެއްވީއަކީ. އެހެންވީ އިރު އެކަލާނގެ ކުރިފުޅުމަތީ އަހަރެން ނަށައި އެކަލާނގެއަށް މަރުހަބާ އަދާ ކޮށް އުފާ ފާޅު ކުރުމަކީ މަސްއަލައެއްތަ؟


އީސާގެފާނު ވިދާޅުވިއެވެ. ”⁠މާތްރަސްކަލާނގެ އެފަދައިން ހިންމަވައި އެ ބާރު ތިބޭފުޅާއަށް ނުދެއްވި ނަމަ، ތިބޭފުޅާއަކަށް އަޅުގަނޑާ މެދަކު އެއްވެސް ކަމެއް ނުކުރެއްވުނީސް. އެހެންކަމުން އަޅުގަނޑު ތިބޭފުޅާގެ އަރިހަށް ގެނައި މީހާގެ ފާފަ، ތިބޭފުޅާގެ ފާފައަށް ވުރެން މާ ބޮޑު.⁠“


މާތްރަސްކަލާނގެ ޝާއުލް ރަސްކަމުން ބާލުއްވާ ދެން ބަނީއިސްރާއީލުގެ ރަސްކަން ދެއްވީ ދާއޫދުގެފާނަށް. ދާއޫދުގެފާނާއި މެދު މާތްރަސްކަލާނގެ މި ފަދައިން ވަޙީކުރެއްވި. ’⁠ޔައްސާގެ ދަރި ދާއޫދުއަކީ ތިމަންކަލާނގެ އެމީހަކާއި މެދު ހިތްހަމަޖެހިވޮޑިގެންވާ މީހެކޭ. އަދި މިއީ ތިމަންކަލާނގެ ކުރުމަށް އަންގަވާ ހުރިހާ ކަމެއް އެ އެންގެވި ގޮތަށް ކުރާނެ ވެސް މީހެކޭ.⁠‘


އެކަމަކު ދެން ކަލޭގެފާނުގެ ރަސްކަމެއް ދެމިއެއް ނޯންނާނެ. އެހެނީ ކަލޭގެފާނު ވަނީ މާތްރަސްކަލާނގެ އަމުރުފުޅާ ޚިލާފުވެފައި. މިހާރު މާތްރަސްކަލާނގެ ވަނީ އެކަލާނގެ ރުހިވޮޑިގަންނަވާ މީހަކު ހޯއްދަވައި އިސްރާއީލުގެ ވެރިއެއްގެ ގޮތުގައި ހަމަޖައްސަވާފައި.⁠“


ދެން އޭނާ ގެނުވައިފިއެވެ. އެއީ ލޮލުގެ ވިދުވަރު ގަދަ ކުލަ އަލި ސަމައްތަރު ހެޔޮ ސިފަ ރީތި ކުއްޖެކެވެ. މާތްރަސްކަލާނގެ ވަޙީ ކުރެއްވިއެވެ. ”⁠ތިއީ އެމީހަކީ. ގޮސް އޭނާ އިސްކުރޭ.⁠“


މިހެން ކިޔަން ހެދީމާ ޝާއުލްގެފާނު ވަރަށް ކޯފާވެއްޖެއެވެ. ޝާއުލްގެފާނު ހިތްޕުޅަށް އެރިއެވެ. ”⁠އެ ކިޔަނީ ދާއޫދު ދިހަހާސް މީހުން މެރި އިރު އަހަރެން މެރީ އެންމެ އެއްހާސް މީހުންނޭ. މިހާރު ދާއޫދުއަށް ނުލިބިއޮތީ ހަމަ އެކަނި ރަސްކަން.⁠“


މާތްރަސްކަލާނގެ ސާހިބަށް ހުރިހާކަމެއް ކޮށް ދެއްވަނީ އެކަލާނގެ ވަޢުދުފުޅު ކުރެއްވި ފަދަ ފުރިހަމަ ގޮތުގައި. އަދި އިސްރާއީލުގެ ވެރިކަން ވެސް ސާހިބަށް ދެއްވާފައިވޭ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ