Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




1 ޞަމޫއީލް 15:26 - ކިތާބުލް މުޤައްދަސާ

26 ޞަމޫއީލްގެފާނު ވިދާޅުވިއެވެ. ”⁠އަޅުގަނޑު ކަލޭގެފާނާ އެއްކަކު ނުދާނަން. ކަލޭގެފާނު ތިޔަވަނީ މާތްރަސްކަލާނގެ އެންގެވުމާ ޚިލާފުވެފަ. ކަލޭގެފާނަކީ ރަސްކަލެއް ކަމަކަށް މާތްރަސްކަލާނގެ ދެކެވޮޑިއެއް ނުގަންނަވާ.⁠“

အခန်းကိုကြည့်ပါ။ ကော်ပီ




1 ޞަމޫއީލް 15:26
16 ပူးပေါင်းရင်းမြစ်များ  

ނަމަވެސް ޔަޢުޤޫބުގެފާނު ރައްދުގައި ވިދާޅުވިއެވެ. ”⁠އަހަރެން ތިޔަ ކުދިންނާއި އެކުގައި ބަންޔާމީނު ދިއުމަށް ހުއްދައެއް ނުކުރާނަމު. އޭނާގެ ބޭބެ ޔޫސުފު ނިޔާވެއްޖެ. ރާޙީލްގެ ފަރާތުން އަހަރެންނަށް ލިބުނު ދަރިންގެ ތެރެއިން ހުރީ އޭނާ އެކަނި. މިޞްރަށް ދާ މަގުމަތީގައި ދިމާވެދާނޭ ނުރައްކާތެރި ޙާދިސާއަކާ މެދުގައި އަހަރެން ބިރުވެތިވަމު. އެހެންވެއްޖެނަމަ އަހަރެން މުސްކުޅިވި ދުވަހުގައި ނިމިގެންދާނީ ހިތާމައިން ފުރިފައިވާ ޙާލުގައި.⁠“


އެހެން ކަންތައް ހުރި އިރު ކަލޭގެފާނު ތިމަންކަލާނގެ ބަސްތަކާ ޚިލާފުވީ ކީއްވެހޭ؟ ތިމަންކަލާނގެ ނަފްރަތުވާ ފަދަ ކަންތަކެއް ކުރެއްވީ ކީއްވެހޭ؟ ކަލޭގެފާނު އޫރިއްޔާގެ އަނބިމީހާ އަތުލައިގަންނަވައި އަދި ޢައްމޫނީންގެ ކަނޑިދަށުލައި އުރިއްޔާ މަރުއްވާ ލެއްވީއޭ.


އެކަމަކު ޝާއުލް ރަސްގެފާނުގެ ކިބައިން ތިމަންކަލާނގެ ރުހިވޮޑިގަތުން އުފުއްލަވައި ދުރަށް ލެއްވި ފަދައަކުން އޭނާއާ މެދު ތިމަންކަލާނގެވާ ލޯތްބެއް ނުއުފުއްލަވާ ހުށީމޭ.


މާތްރަސްކަލާނގެ ޝާއުލް ރަސްކަމުން ބާލުއްވާ ދެން ބަނީއިސްރާއީލުގެ ރަސްކަން ދެއްވީ ދާއޫދުގެފާނަށް. ދާއޫދުގެފާނާއި މެދު މާތްރަސްކަލާނގެ މި ފަދައިން ވަޙީކުރެއްވި. ’⁠ޔައްސާގެ ދަރި ދާއޫދުއަކީ ތިމަންކަލާނގެ އެމީހަކާއި މެދު ހިތްހަމަޖެހިވޮޑިގެންވާ މީހެކޭ. އަދި މިއީ ތިމަންކަލާނގެ ކުރުމަށް އަންގަވާ ހުރިހާ ކަމެއް އެ އެންގެވި ގޮތަށް ކުރާނެ ވެސް މީހެކޭ.⁠‘


އެފަދަ މީހުންނަށް މަރުހަބާ ކިޔާ މީހާއަކީ ވެސް އެބައިމީހުންގެ ނުބައި އަމަލުތަކުގައި ޙިއްސާ ވެދާނެ ބައިވެރިއެއް މެއެވެ.


އެކަމަކު ދެން ކަލޭގެފާނުގެ ރަސްކަމެއް ދެމިއެއް ނޯންނާނެ. އެހެނީ ކަލޭގެފާނު ވަނީ މާތްރަސްކަލާނގެ އަމުރުފުޅާ ޚިލާފުވެފައި. މިހާރު މާތްރަސްކަލާނގެ ވަނީ އެކަލާނގެ ރުހިވޮޑިގަންނަވާ މީހަކު ހޯއްދަވައި އިސްރާއީލުގެ ވެރިއެއްގެ ގޮތުގައި ހަމަޖައްސަވާފައި.⁠“


މާތްރަސްކަލާނގެއާ ދެކޮޅުވެރި ވެގަތުމަކީ ސިހުރުހާހޫރަ ހެދުން ވަރުގެ ނުބައިކަމެއް. ބޮޑާވެގަތުމަކީ ބުދަށް އަޅުކަން ކުރުން ފަދަ ފާފަބޮޑު ކަމެއް. އެހެނީ ކަލޭގެފާނު މާތްރަސްކަލާނގެ އަމުރުފުޅަކާ ދެކޮޅު ހައްދަވައިފީމު. އެހެންކަމުން ކަލޭގެފާނަކީ ރަސްކަލެއް ކަމުގައި މާތްރަސްކަލާނގެ ބައްލަވާ ވޮޑިއެއް ނުގަންނަވާ.⁠“


ދެން ޞަމޫއީލް އެކަލޭގެފާނާއެކު ވަޑައިގެން ޝާއުލްގެފާނާއެކު މާތްރަސްކަލާނގެއަށް އަޅުކަން ކޮށްފިއެވެ.


މާތްރަސްކަލާނގެ ޞަމޫއީލްގެފާނަށް ވަޙީ ކުރެއްވިއެވެ. ”⁠ކަލޭގެފާނު ޝާއުލްގެފާނާ މެދު ހިތާމަ ކުރައްވަން ހުންނަވާނީ ކިހާ ދުވަހަކު؟ ތިމަންކަލާނގެ މިވަނީ އިސްރާއީލުގެ ރަސްކަމުން ޝާއުލްގެފާނު ބޭރު ކުރައްވާފައި. ފުޅިއަކަށް ޒައިތޫނި ތެޔޮ އަޅައިގެން ބައިތުލަޙަމުގެ ޔައްސާގެ ގާތަށް ދޭ. އޭނާގެ ދަރިޔަކަށް އިސްރާއީލުގެ ވެރިކަން ދެއްވުމަށް ތިމަންކަލާނގެ ހަމަޖައްސަވައިފިން.⁠“


ތިމަންރަސްކަލާނގެ، އިސްރާއީލުގެ ވެރި މާތްކަލާނގެ އަންގަވާފައި ވާނީ ކަލެއާއި ކަލޭގެ އާއިލާ ތިމަންކަލާނގެއަށް ޚިދުމަތްކުރުމަށް އިމާމުންގެ ގޮތުގައި އަބަދުވެސް ވާނެކަމަށް. އެހެނެއްކަމަކު މިހާރު ކަންތައް މިދަނީ މާ މައްޗަށް. ތިމަންކަލާނގެ މިހާރު މި އަންގަވަނީ ތިމަންކަލާނގެ ޤަދަރު ކުރައްވާނީ ތިމަންކަލާނގެއަށް ޤަދަރު ކުރާ ބަޔަކަށޭ. ތިމަންކަލާނގެއަށް ނިކަމެތިކޮށް ހިތާމީހުން ވާނީ ނިކަމެތި ކުރެވިގެންވާ މީހުންގެ ތެރޭގައޭ.


ކަލޭގެފާނު ޢަމާލިޤީންނާ މެދު މާތްރަސްކަލާނގެ އެންގެވި ގޮތާ ޚިލާފުވެ އެމީހުންގެ މައްޗަށް އެކަލާނގެ ފޮނުއްވި ކޯފާ ފުރިހަމަ ނުކުރުމުގެ ސަބަބުން އެކަލާނގެ ކަލޭގެފާނުގެ މައްޗަށް މިއަދު މިވަނީ ތިޔަ މުސީބާތް ކުރިމަތި ކުރައްވާފައި.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ