1 ޞަމޫއީލް 15:24 - ކިތާބުލް މުޤައްދަސާ24 ”އާދެ! އަޅުގަނޑު ފާފަ ކޮށްފިން. މާތްރަސްކަލާނގެ އަމުރުފުޅާއި އަދި ކަލޭގެފާނުގެ އެންގެވުމާ އަޅުގަނޑު ޚިލާފު ވެއްޖައިން. އަޅުގަނޑުގެ މީހުން ދެކެ ޖެހިލުންވެ އެމީހުންގެ ބަސް އަޑު އެހުނީ. အခန်းကိုကြည့်ပါ။ |
ނަމަވެސް ފިނޑިންނާއި، އީމާންވުމަށް ދެކޮޅުހަދާ މީހުންނާއި، ފާޙިޝް އަމަލުތަކުގެ ވެރިންނާއި، މީހުން މަރާލި މީހުންނާއި، ޖިންސީ ގޮތުން ފާފަކުރި މީހުންނާއި، ފަންޑިތަވެރިންނާއި، ބުދަށް އަޅުކަންކުރި މީހުންނާއި، އަދި ހުރިހާ ދޮގުވެރިންނަށް ހުރި ތަނަކީ ކައްސަނދުވާނިން އަނދައަނދާ ހުރި އަލިފާނުގެ ބޮޑުފުން ކުޅި. މިއީ ދެވަނަ މަރުވުން.“
ތިމަން ކަލާނގެއަށްޓަކައި ޚާލިސްކޮށް އިސްރާއީލުގެ މީހުން ގެނައުމަށް އެންގުނު ޤުރުބާނީ ތަކެއްޗާއި މެދު ކަލޭމެން އިހާނާތްތެރި ވަނީ ކީއްވެ؟ ތިމަން ކަލާނގެއަށް ވުރެން ބޮޑަށް ކަލޭ ޤަދަރު ކުރަނީ ކަލޭގެ ދަރިންނަށް. ތިމަންކަލާނގެއަށް އިސްރާއީލީން ގެންނަ ވެދުންތަކުގެ އެންމެ ރަނގަޅުބައި ކައި ކައިގެން ކަލޭމެން ފަލަވަމުން ތިޔަ ދަނީ ކީއްވެތަ؟