1 ޞަމޫއީލް 15:22 - ކިތާބުލް މުޤައްދަސާ22 އެކަމަކު ޞަމޫއީލްގެފާނު ވިދާޅުވިއެވެ. ”މާތްރަސްކަލާނގެއަށް ޤުރުބާންކޮށް ވެދުން ހުށަހެޅީމަ އެކަލާނގެ މާބޮޑު އުފާފުޅެއް ވޭތަ؟ އެކަލާނގެއަށް ޤުރުބާނީއެއް ހުށަހެޅުމަށް ވުރެން އެކަލާނގެއަށް މުހިންމީ ކިޔަމަންތެރިކަން. ފިރިހެން ކަންބަޅިއެއްގެ ބޮޑު ސަރުބީގަނޑެއް އަންދައި އެކަލާނގެ އަށް ކުރާ ވެދުމަކަށް ވުރެން އެކަލާނގެއަށް ކިޔަމަންތެރިކަން އަދާ ކުރުން މާ މުހިންމު. အခန်းကိုကြည့်ပါ။ |
ދީނުގެ ދަންނަބޭކަލުނާއި ފަރީސީންނަށް ހިތާމަ ހުރި! ކަލޭމެންނަކީ މުނާފިޤުބައެއް! ކަލޭމެންގެ އާމްދަނީގެ ތެރެއިން ނުވަތަ ކަލޭމެންގެ ހަވާދު ދަނޑުގައިވާ ކުދީނާ އާއި ދަމުއި އާއި ދިރީގެ ބާވަތްތަކުން ވިޔަސް ދިހަބައިކުޅަ އެއްބައި މާތްރަސްކަލާނގެ ކިބަފުޅަށް ޚާއްސަކުރައްވައި ކަލޭމެން ހުށަހަޅަން. ނަމަވެސް ތައުރާތުގައި ބަޔާންވެގެންވާ އެންމެ މުހިންމު އުނގަންނައިދިނުންތައް ކަމުގައިވާ އިންސާފާއި، ރަޙުމަތާއި، ތެދުވެރިކަމާއިމެދު ކަލޭމެން ވަނީ އުރެދިފަ. ކަލޭމެންގެ ތަކެތިން ދިހަބައިކޮއް އެއްބައި ދިނުމަކީ ކުރަންޖެހޭނެ ކަމެއް. އެހެންވިޔަސް އެއީ އެއަށްވުރެ މުހިންމު ކަންތައްތައް ނުކޮށެއް ނޫން.
އަދި މާތްރަސްކަލާނގެ ކިބަފުޅަށް އެމީހެއްގެ މުޅި ހިތުންނާއި އެމީހެއްގެ މުޅި ބުއްދީންނާއި އެމީހަކަށް ލިބިފައިވާ އެންމެހާ ބާރަކުން ލޯބިވާށެވެ. އަދި އެމީހެއްގެ އަމިއްލަ ނަފްސު ދެކެ ލޯބިވާ ފަދައިން އެމީހެއްގެ އަވަށްޓެރިޔާ ދެކެ ވެސް ލޯބިވާން ވާނެ. ޤުރުބާނީ އަށިމަތީގައި އަންދައި ނުވަތަ ހުށަހަޅާ އެހެނިހެން ޤުރުބާނީތަކަށް ވުރެން ވެސް މުހިންމު ވެގެން ވަނީ މިކަންތައްތައް.“
ޞަމޫއީލްގެފާނު ވިދާޅުވިއެވެ. ”ކަލޭގެފާނު ކަންތައް ތި ކުރެއްވީ ވަރަށް ވެސް ވިޔާނުދާކޮށް. އެހެނީ ކަލޭގެފާނުގެ ކަލާނގެ، މަތިވެރި މާތްރަސްކަލާނގެ އަމުރުފުޅާ އެއްގޮތަށް ކަލޭގެފާނު ކަންތައް ކުރެއްވި ނަމަ އެކަލާނގެ ކަލޭގެފާނާއި ކަލޭގެފާނުގެ ދަރިކޮޅު މީހުން ހުރިހާ ދުވަހަކު ވެސް އިސްރާއީލުގެ ވެރިކަމުގައި ލެހެއްޓެވީސް.