19 ކަލޭގެފާނު މާތްރަސްކަލާނގެ އަށް ކިޔަމަން ނުވީ ކީއްވެ؟ ކަލޭގެފާނު ސިއްޙަތު ރަނގަޅު ޖަނަވާރުތައް މިތަނަށް ގެންނެވީ ކީއްވެ؟ މާތްރަސްކަލާނގެ ކޯފާވެ ވޮޑިގަންނަވާނެ ގޮތް ހެއްދެވީ ކީއްވެ؟“
އެހެން ކަންތައް ހުރި އިރު ކަލޭގެފާނު ތިމަންކަލާނގެ ބަސްތަކާ ޚިލާފުވީ ކީއްވެހޭ؟ ތިމަންކަލާނގެ ނަފްރަތުވާ ފަދަ ކަންތަކެއް ކުރެއްވީ ކީއްވެހޭ؟ ކަލޭގެފާނު އޫރިއްޔާގެ އަނބިމީހާ އަތުލައިގަންނަވައި އަދި ޢައްމޫނީންގެ ކަނޑިދަށުލައި އުރިއްޔާ މަރުއްވާ ލެއްވީއޭ.
ދަހިވެތިކަން އާއިލާއަށާއި ގެޔަށް ހިތާމަ ގެނުވައެވެ. ރިޝްވަތާ ދެކޮޅު މީހާ ދިރިހުރެއެވެ.
ސަބަބަކީ ދެމާސް ދުނިޔޭގައި ވީ ތަކެއްޗަށް އޮތް ލޯތްބަކާ ހެދި އަހަރެން ދޫކޮށް ތިސަލޯނިކާއަށް ހިނގައްޖެއެވެ. ކިރީސްކީސު ވަނީ ގަލާތިޔާއަށް ގޮސްފައެވެ. އަދި ތީތުސް ދިޔައީ ދަލްމާތިޔާއަށެވެ.
އިރުއޮއްސުމާއެކު އެމީހުން ބަޑުހައިގެންފައިވާ ވަރުން ފިލިސްޠީނުންގެ އަތުން އަތުލައިގަތް ގެރިބަކަރި ކަންބަޅި ކަތިލައި އޭގެ ލޭ ވެސް ފިލުވާނުލާ ކައިގެންފިއެވެ.
”އަޅުގަނޑު މާތްރަސްކަލާނގެ އަމުރުފުޅަށް ކިޔަމަންގަތިން“ ޝާއުލްގެފާނު ދެންނެވިއެވެ. ”އެކަލާނގެ އަޅުގަނޑު ފޮނުއްވީ އެ ރަށް ނައްތާލުމަށް. އަޅުގަނޑު ރަސްގެފާނު އަޖާޖް ހައްޔަރު ކުރިން. އެރަށް އެއްކޮށް ނައްތާލިން.