Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




1 ޞަމޫއީލް 15:13 - ކިތާބުލް މުޤައްދަސާ

13 ޞަމޫއީލްގެފާނު އެކަލޭގެފާނު ހޯއްދަވައިފި އެވެ. ޝާއުލްގެފާނު ވިދާޅުވިއެވެ. ”⁠ކަލޭގެފާނަށް ބަރަކާތް ހުރި. އަޅުގަނޑު މާތްރަސްކަލާނގެ އެންގެވި ކަންތައް ކޮށް ނިންމައިފިން.⁠“

အခန်းကိုကြည့်ပါ။ ကော်ပီ




1 ޞަމޫއީލް 15:13
17 ပူးပေါင်းရင်းမြစ်များ  

”⁠އުޑުތަކާއި ބިން ހެއްދެވި އެންމެ މަތިވެރި ރަސްކަލާނގެ ޙަޟްރަތުން ތިބާއަށް ނިޢުމަތް ލެއްވުމަށް އަހަރެން އެދެން. ހުރިހާ ތަޢުރީފެއް ޙައްޤުވެގެން ވަނީ ދުޝްމަނުންގެ މައްޗަށް ތިބާއަށް ފަތަޙަ ދެއްވި އެންމެ މަތިވެރި ރަސްކަލާނގެއަށް.⁠“ އެއަށް ފަހު އަބްރާމްގެ ޣަނީމާ މުދަލުގެ ދިހަބައިކުޅަ އެއްބައި މަލްކީޞާދިޤުއަށް ވެދުން ކުރެއްވިއެވެ.


ފިރިހެނާ ބުންޏެވެ. ”⁠އިނބަރަސްކަލާނގެ މިއަޅާއާއި އެކުގައި ލެއްވި އެ އަންހެނާ މިއަޅާއަށް އެގަހުގެ މޭވާ ދިނީމާ މިއަޅާ އެ ކެއީ.⁠“


އެކަލޭގެފާނު ޔާބީޝްއަށް ބަޔަކު ފޮނުއްވައި އެންގެވިއެވެ. ”⁠ކަލޭމެން ސާހިބުމީހާއާ މެދު އިހުސާންތެރިވެ އެކަލޭގެފާނު ވަޅުފުޅުލައި ދިނީތީ މާތްރަސްކަލާނގެ ކަލޭމެންނަށް ބަރަކާތް ލައްވާށި.


ތިމާ އަމިއްލައަށް ތިމާއަށް ތާރީފު ނުކުރާށެވެ. އެހެން މީހަކު ކުރަންޏާ އެކަންތައް ކޮށްފާނެއެވެ. އެކަމަކު ތިމާގެ ދުލުން ނުކުރާށެވެ.


ފާފަތައް ފޮރުވާ މީހާއަކަށް ކާމިޔާބެއް ނެތެވެ. ފާފަތަކަށް އިޢުތިރާފްވެ އެނބުރިގަންނަ މީހާއަށް ރަޙުމަތް ލައްވައެވެ.


އެމީހުން ބޮޑާކަމާއެކު ވަށައިގެން ބަލައެވެ. ކިބުރުވެރިކަމާއެކު ކަޅިއުކައެވެ.


އޭނާ ކުރި ބުރަ މަސައްކަތަށް އިނާމު ދޭށެވެ. އެންމެންގެ ކުރިމައްޗަށް ގެންގޮސް ބަހައްޓައި އޭނާއަށް ތާރީފު ކުރާށެވެ.


ހަމައެ ގޮތަށް ކަލޭމެންނަކީ ވެސް މާތްރަސްކަލާނގެ އަޅުން. ވީމައި މާތްރަސްކަލާނގެ އަންގަވާ ހުރިހާ ކަންތައްތަކެއް ކުރުމަށް ފަހު އަމިއްލަ ނަފްސުގެ މައްޗަށް ބުނޭ. ’⁠އަހަރެމެންނަކީ މާތްރަސްކަލާނގެ އަޅުންނޭ. ވީއިރު މިކުރި ހުރިހާ ކަމަކީ ހަމަ އަހަރެމެން ކުރަންޖެހިފައިވާ ކަންތައްތަކޭ.⁠‘⁠“


މިދީންވެރިޔާ ކުރިއަށް ގޮސް އެންމެންނާ ވަކިން ހުރެ އޭނާ ކުރާ ރަނގަޅު ކަންތަކާއި ބެހޭގޮތުން ދުޢާކުރަން ފެށި. ’⁠މާތްރަސްކަލާކޯއޭ. މިއަޅާއަކީ އެހެން މީހުން ކަހަލަ މީހަކަށް ނުވީތީ ޝުކުރު ވެރިވަމޭ. އެއީ މިއަޅާއަކީ ވައްކަން ކުރާ މީހަކީމެއް ނޫނޭ. ނުބައި ކަންތައްތައްކޮށް އުޅޭ މީހަކީމެއް ނޫނޭ. ހިލޭ އަންހެނަކާއެކު ގުޅުމެއް ހިންގާ މީހެއް ވެސް ނޫނޭ. އަދި އެހެރަ ޓެކްސް ނަގާ މީހާ ކަހަލަ މީހަކީމެއް ވެސް ނޫނޭ.


ބޫޢަޒު ބުންޏެވެ. ”⁠މާތްރަސްކަލާނގެ ކަލެއަށް ރަޙުމަތް ލައްވާށި. ކަލޭ ތިޔަ ކަންތައް ކުރި ގޮތުން ވެސް އެނގޭ އެއްޗަކީ ކަލޭ ކަލޭގެ އާއިލާއަށް ހަމަ ޙަޤީޤަތުގައި ވެސް ތެދުވެރިވެ ވަފާތެރިވާ މިންވަރު. ކަލޭގެ ފިރިއަކު ކަމުގައި ވާން މުއްސަންޖަސް ފަޤީރަސް ކޮންމެ ޒުވާނަކު ވެސް ބޭނުންވާނެ. ނަމަވެސް އެއިން މީހަކާ ކަލޭ ނުއިނީމު.


އެކަލޭގެފާނު މި ކަންތަކުގެ ތެރޭ އުޅުއްވަނިކޮށް ޞަމޫއީލްގެފާނު ވަޑައިގެންފިއެވެ. ދެން ޝާއުލްގެފާނު އެކަލޭގެފާނަށް މަރުހަބާ ކިޔަން ވަޑައިގެންފިއެވެ.


”⁠ޝާއުލްގެފާނު ތިމަން ކަލާނގެ އަކަށް ކިޔަމަނެއް ނުވޭ. އޭނާ ރަސްކަމަށް އިސްކުރެވުނީތީ ދެރަވެއްޖައިން.⁠“ ޞަމޫއީލްގެފާނު ކޯފާވެއްޖެއެވެ. އެހެންވެ މުޅި ރޭގަނޑުގައި ދުޢާ ކުޅައުންމަތީ އެކަލޭގެފާނު އިންނެވިއެވެ.


”⁠އަޅުގަނޑު މާތްރަސްކަލާނގެ އަމުރުފުޅަށް ކިޔަމަންގަތިން⁠“ ޝާއުލްގެފާނު ދެންނެވިއެވެ. ”⁠އެކަލާނގެ އަޅުގަނޑު ފޮނުއްވީ އެ ރަށް ނައްތާލުމަށް. އަޅުގަނޑު ރަސްގެފާނު އަޖާޖް ހައްޔަރު ކުރިން. އެރަށް އެއްކޮށް ނައްތާލިން.


ޝާއުލްގެފާނާއި ސިފައިން އެރަށުގެ ރަސްގެފާނާއި ސިއްޙަތު ރަނގަޅު ގެރިބަކަރި ކަންބަޅިތަކެއް ނުމަރައެވެ. އެމީހުން ބަލިކަށި ހުރިހާ އެއްޗެއް ގަތުލު ކޮށްފިއެވެ. އެހެނަސް ބޭނުންހިފޭ އެއްވެސް އެއްޗެއް ނައްތައެއް ނުލައެވެ.


ރަސްގެފާނު ވިދާޅުވިއެވެ. ”⁠ކަލޭމެންނަށް މާތްރަސްކަލާނގެ ބަރަކާތް ލައްވާށި. ކަލޭމެން ތިޔަ ކޮށްދިނީ ވަރަށް ބޮޑު ހެޔޮކަމެއް.


އެއިރު ނާބާލްގެ ޚާދިމަކު ގޮސް އޭނާގެ އަނބި އަބީޖާއިލްގެ ގާތުގައި ބުނެއްޕެވެ. ”⁠ސާހިބުގެ ގާތަށް ސަހަރާގެ ތެރޭގައި އުޅޭ ދާއޫދު ބަޔަކު އޭނާގެ ގާތަށް ވެދުމާގެން ފޮނުވީމާ އެމީހުންނާމެދު ސާހިބު އިހާނާތްތެރިކޮށް ހިތާފައި އެމީހުން ލަދު ގަންނަވާލައި ފޮނުވާލައިފި.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ