Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




1 ޞަމޫއީލް 15:12 - ކިތާބުލް މުޤައްދަސާ

12 އެދުވަހު ވަރަށް ހެނދުނާ ޞަމޫއީލްގެފާނު ތެދުވެ ވަޑައިގެން ޝާއުލްގެފާނާ ބައްދަލު ކުރައްވަން ވަޑައިގެންނެވިއެވެ. މީހުން ދެންނެވިއެވެ. ”⁠ޝާއުލްގެފާނު ކަރްމަލް ކިޔާ ރަށެއްގައި އެކަލޭގެފާނުގެ ނަންފުޅަށް ނިސްބަތްވާ ހަނދާނީ ބިނާއެއް ހައްދަވައި މިހާރު ވަޑައިގެންވީ ޖިލްޖާލުގައި.⁠“

အခန်းကိုကြည့်ပါ။ ကော်ပီ




1 ޞަމޫއީލް 15:12
12 ပူးပေါင်းရင်းမြစ်များ  

އޭގެ އަނެއްދުވަހު ވަރަށް ހެނދުނުގެ ވަގުތެއްގައި ކެއިންބުއިމަށް ބޭނުންވާނޭ ތަކެއްޗާއި ޖަނަވާރުގެ ހަމުން ހަދާފައިވާ ހަމެއްގެފުރާ ފެންއެޅުމަށް ފަހު އިބްރާހީމްގެފާނު އެހަން ހާޖަރުގެ ކޮނޑަށް ލައްވައި ދެއްވިއެވެ. އެއަށް ފަހު އިސްމާޢީލްގެފާނާއި ދެމައިން އެގެއިން ފޮނުއްވާލެއްވިއެވެ. ދެން އެ ދެމައިން ވަކި މިޞްރާބެއްނެތި ބިއުރުސަބްޢައާ ކައިރީގައިވާ ސަހަރާތެރޭގައި ހިނގަމުން ދިޔައެވެ.


އަބްޝާލޫމް ދުނިޔޭގައި ހުރިއިރު އޭނާ ވަނީ ރަސްގެފާނުގެ ވާދީގައި މިހެން ކިޔައި ހިލައެއް ބަހައްޓާފައެވެ. ”⁠މިއީ އަހަރެންގެ ދަރިޔަކު ނެތީމާ އަހަރެންގެ ނަން ދަމަހައްޓަން ބަހައްޓާ ހަނދާނީ ހިލައެއް.⁠“ އަބްޝާލޫމްގެ ހަނދާނީ ހިލައޭ ކިޔާހިލަ މި ލިޔާއިރު ވެސް އެބަހުއްޓެވެ.


ކަރުމިލް އަވަށުގެ ހަސްރާއި، އަރުބީ އަވަށުގެ ފިއުރާއި،


އަޅުގަނޑު ހިތަށް އަރައިފި. ފިލިސްޠީނުން ޖިލްޖާލަށް އައިސް އަޅުގަނޑަށް ހަމަލަ ދީފާނެއޭ. މިހާތަނަށް އަޅުގަނޑު މާތްރަސްކަލާނގެ ކިބަފުޅުން އެހީއަކަށް އެދި ދަންނަވާފައެއް ނޯންނާނެ. އެހެންކަމުން އަޅުގަނޑު އަމިލައަށް ޤުރުބާނީ ވެދުން ކުރަން މަޖްބޫރުވީ.⁠“


ދެން ޞަމޫއީލްގެފާނު ޖިލްޖާލުން އެނބުރި ވަޑައިގެން ބަންޔާމީންގެ ރަށެއް ކަމުގައިވާ ޖިބްޢާ އަށް ވަޑައިގެންފިއެވެ. ޝާއުލްގެފާނުގެ ލަޝްކަރުގައި ބާކީ ތިބި މީހުންގެ އަދަދު ގުނިއިރު އަދިވެސް ހަ ސަތޭކަ މީހުން އެބަތިއްބެވެ.


ޔައްސާ އެންގި ފަދައިން ވަރަށް ހެނދުނާ ކަންބަޅި ބަކަރި ބަލަހައްޓަން މީހަކާ ހަވާލުކޮށްފައި ދާއޫދު ހަނގުރާމަކުރާ ތަނަށް ހިނގައްޖެއެވެ. އޭރު ހަނގުރާމަވެރިން ނަޣަރާ ކުރަމުން މައިދާނަށް ނުކުންނަމުން ދަނީއެވެ.


އޭރު މަޢޫނު ސަހަރާއިން އައިސް ހުރި ވަރަށް މުއްސަނދި މަހުޖަނަކު އުޅެއެވެ. އޭނާގެ ނަމަކީ ނާބާލް އެވެ. އޭނާގެ އަންހެނުން އަބީޖާއިލް އަކީ ވަރަށް ރީތި ވިސްނުންތެރި އަންހެނެކެވެ. އެކަމަކު އޭނާގެ ފިރިމީހާ އަކީ ކާލިބީ ގަބީލާގެ މީހަކަށް ވެފައި ނުހަނު ހަރުކަށި އަނިޔާވެރި ނުބައި ނުލަފާ މީހެކެވެ. ކަރުމަލުގައި އޭނާގެ އަތުގައި ތިންހާސް ކަންބަޅިއާއި އެއްހާސް ބަކަރި އޮވެއެވެ. އޭނާ އައިސް މި އުޅެނީ ކަންބަޅި ކެހެރި ކޮށާށެވެ.


ދެން ޞަމޫއީލް މިޞްފާތާއި ޝީންއާ ދެމެދު ހިލައިގެ ބިނާއެއް ހަދައި އެތަނަށް ”⁠އިބްނު ޢާޒަރު⁠“ އޭ ކިޔާ ނަން ދިނީ މިހެން ބުނަމުންނެވެ. ”⁠މިހާތަނަށް މާތްރަސްކަލާނގެ އަހަރެމެންނަށް އެހީތެރިވެ ވޮޑިގެންނެވި.⁠“


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ