1 ޞަމޫއީލް 15:1 - ކިތާބުލް މުޤައްދަސާ1 އެއްދުވަހަކު ޞަމޫއީލްގެފާނު ޝާއުލްގެފާނު ގާތު ވިދާޅުވިއެވެ. ”އަހަރެން މީ ކަލޭގެފާނު އިސްރާއީލުގެ މައްޗަށް ވެރިކޮށް ރަސްކަން ދޭން މާތްރަސްކަލާނގެ ފޮނުއްވި މީހާ. މިހާރު ކަލޭގެފާނަށް ކުޅަދުންވަންތަ މާތްރަސްކަލާނގެ އެންގެވި އެންގެވުން އަޑުއަހާ. အခန်းကိုကြည့်ပါ။ |
ޞަމޫއީލްގެފާނު ވިދާޅުވިއެވެ. ”ކަލޭގެފާނު ކަންތައް ތި ކުރެއްވީ ވަރަށް ވެސް ވިޔާނުދާކޮށް. އެހެނީ ކަލޭގެފާނުގެ ކަލާނގެ، މަތިވެރި މާތްރަސްކަލާނގެ އަމުރުފުޅާ އެއްގޮތަށް ކަލޭގެފާނު ކަންތައް ކުރެއްވި ނަމަ އެކަލާނގެ ކަލޭގެފާނާއި ކަލޭގެފާނުގެ ދަރިކޮޅު މީހުން ހުރިހާ ދުވަހަކު ވެސް އިސްރާއީލުގެ ވެރިކަމުގައި ލެހެއްޓެވީސް.
”މާދަމާ މިހާކަށް ހާއިރު މީހަކު އަންނާނެ. އޭނާއަކީ ބަންޔާމީންގެ ދަރިކޮޅުގެ މީހެއް. އޭނާ ތިމަންކަލާނގެ މީހުން ކަމަށްވާ އިސްރާއީލީންގެ ވެރިއަކަށް ހަމަޖައްސާ. އޭނާ އެމީހުން ފިލިސްޠީނުންގެ އަތްދަށުން ސަލާމަތް ކޮށް ދޭނެ. މިވަގުތު އެމީހުން އުޅެމުން ދާ ދަތިހާލު ތިމަންކަލާނގެއަށް ފެނިވޮޑިގަންނަވާ. އަދި އެމީހުންގެ ރުއިމުގެ އަޑު ވެސް ތިމަން ކަލާނގެއާ ހަމައަށް ވަނީ އައިސްފައި.“