1 ޞަމޫއީލް 14:52 - ކިތާބުލް މުޤައްދަސާ52 ޝާއުލްގެފާނުގެ މުޅި އުމުރުގައި ފިލިސްޠީނުންނާއި ދެމެދު ހޫނު ހަނގުރާމަތައް ކުރައްވަން ޖެހިވަޑައިގަތެވެ. އެހެންކަމުން އެކަލޭގެފާނަށް ތަނަކުން ގަދަފަދަ ނުވަތަ ހިތްވަރުގަދަ މީހަކު ފެނިއްޖެނަމަ އެމީހަކު އެކަލޭގެފާނުގެ ޚިދުމަތަށް ގެންނެވިއެވެ. အခန်းကိုကြည့်ပါ။ |
ޝާއުލްގެފާނު އިސްރާއީލުގެ ރަސްކަލަކަށް ވީއްސުރެ އެކި ދިމަދިމާއިން ދުޝްމަނުންނާ ކުރިމަތި ލައްވާފައި ވެއެވެ. އެކަލޭގެފާނު މުއާބީންނާއި ޢައްމޫނީންނާއި އަދޫމީންނާއި ޒޫބާގެ ރަސްކަލުންނާއި އެނޫން ވެސް ފިލިސްޠީނުންނާ ކުރިމަތި ލެއްވިއެވެ. އެއިން ކޮންމެ ބައެއްގެ މައްޗަށް ވެސް އެކަލޭގެފާނު ވަނީ ފަތަޙަ ހޯއްދަވާފައެވެ.