1 ޞަމޫއީލް 14:50 - ކިތާބުލް މުޤައްދަސާ50 އެކަލޭގެފާނުގެ އަނބިކަނބަލުންނަކީ އަޚީމައަސްގެ ދަރި އަޚީނޫޢަމް އެވެ. އެކަލޭގެފާނުގެ ސިފައިންގެ ވެރިޔަކީ އަބްނައިރު އެވެ. އެއީ ޝާއުލްގެފާނުގެ ބޮޑުބޭބެ ނައިރުގެ ދަރިއެކެވެ. အခန်းကိုကြည့်ပါ။ |
އެމީހުން އަބްނައިރު ޙަބްރޫނަށް ގެނަސްފިއެވެ. ދެން އުޔާބު އޭނާ އެކަހެރި ކޮށް ސިއްރުވާހަކައެއް ދައްކަން ކަމަށް ހަދައިގެން ބޮޑު ދޮރާށި ފުރަގަހުން ގޮޅިއަކަށް ވައްދައި އޭނާގެ ބަނޑަށް ޚަންޖަރު ހަރާލިއެވެ. އެއާއެކު އަބްނައިރު އެތަނަށް މަރުވެގެން ވެއްޓިއްޖެއެވެ. މިގޮތުން ޔުއާބު އޭނާގެ ކޮއްކޮ އަސާހިލުގެ މަރުގެ ބަދަލު ހިފައިފިއެވެ.
އެކަލޭގެފާނު ވެސް ހުންނެވިކަން އެނގުމުން ދާއޫދު ގޮސް އެކަލޭގެފާނު ހުންނަވާ ފޭލިގެ ފާހަގަ ކޮށްފިއެވެ. އޭނާ ބެލިއިރު ޝާއުލްގެފާނު އޮންނެވީ އަވަހާރަފުޅު ގައެވެ. ކައިރީގައި ސިފައިންގެ ވެރިޔާ ޝާއުލްގެފާނުގެ ކޮއްކޮ ނައިރުގެ ދަރި އަބްނައިރު ވެސް ނިދާފައި އޮތެވެ. ވަށައިގެން ތިބި އެންމެން ވެސް ތިބީ ނިދާފައެވެ.