48 އެކަލޭގެފާނު ވަރަށް ހިއްވަރާއެކު ހަނގުރާމަ ކުރައްވައި ޢަމާލިޤީން ވެސް ބަލި ކުރެއްވިއެވެ. އަދި އިސްރާއީލު ލޫޓުވާލަން އައި ކޮންމެ ބައެއްގެ އަތްދަށުން އިސްރާއީލު ސަލާމަތް ކުރެއްވިއެވެ.
ޔޫނަތައިންގެ ތީރުތައް އަމާޒެވެ. ޝާއުލްގެފާނުގެ ކަނޑި ތޫނެވެ. އެ ދެމީހުންގެ ތީރާއި ކަނޑިން ޖަހައި، ދުޝްމިނުން ތޮރުފައި ކޮށައި ބުރިކޮށްލިއެވެ.
އޭގެ ފަހުން މާތްރަސްކަލާނގެ މޫސާގެފާނަށް އިރުޝާދު ދެއްވިއެވެ. ”މި ނަސްރުގެ ހަނދާންތައް ދެމިހުންނާނެފަދަ ގޮތަކަށް ލިޔޭ. އަދި ޔަޝޫޢު ގާތު ބުނޭ: ’އަހަރެން ޢަމާލީގީންގެ ވަސް ވެސް މި އުޑުދަށުން ފިލުވާލާނަމޭ.‘“
ބަނީ އިސްރާއީލީން ރެފީދީމުގައި ތިއްބައި ޢަމާލީގީންގެ ހަނގުރާމަވެރިން އައިސް އެމީހުންނަށް ހަމަލަ ދީފިއެވެ.