Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




1 ޞަމޫއީލް 14:47 - ކިތާބުލް މުޤައްދަސާ

47 ޝާއުލްގެފާނު އިސްރާއީލުގެ ރަސްކަލަކަށް ވީއްސުރެ އެކި ދިމަދިމާއިން ދުޝްމަނުންނާ ކުރިމަތި ލައްވާފައި ވެއެވެ. އެކަލޭގެފާނު މުއާބީންނާއި ޢައްމޫނީންނާއި އަދޫމީންނާއި ޒޫބާގެ ރަސްކަލުންނާއި އެނޫން ވެސް ފިލިސްޠީނުންނާ ކުރިމަތި ލެއްވިއެވެ. އެއިން ކޮންމެ ބައެއްގެ މައްޗަށް ވެސް އެކަލޭގެފާނު ވަނީ ފަތަޙަ ހޯއްދަވާފައެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




1 ޞަމޫއީލް 14:47
17 ပူးပေါင်းရင်းမြစ်များ  

ދޮށީދަރިފުޅަށް ލިބުނީ ފިރިހެން ދަރިއެކެވެ. އޭނާ އެކުއްޖާއަށް މުއާބުއޭ ކިޔައި ނަންދިނެވެ. އެކުއްޖާ އަކީ މުއާބު މީހުންގެ ކާބަފައިންނެވެ.


ހަގުދަރިފުޅަށް ވެސް ލިބުނީ ފިރިހެން ދަރިއެކެވެ. އޭނާ އެކުއްޖާއަށް ބަނީ ޢައްމޫން އޭ ކިޔާ ނަންދިނެވެ. އޭނާއަކީ ޢައްމޫނީންގެ ކާބަފައިންނެވެ.


މިއީ ޢީސޫގެ ދަރިފަސްކޮޅު އުފެދިގެން އައިގޮތެވެ. އަދި ޢީސޫއަށް އަދޫމްގެ ނަމުން މުޚާތަބު ކުރެވެއެވެ.


މި ބަޔާންވެދިޔައީ ޢީސޫގެ ދަރިފަސްކޮޅުން އުފެދުނު ވަންހަ ތަކެވެ. (ޢީސޫއަށް މުޚާތަބުކުރާ އަނެއް ނަމަކީ އަދޫމް އެވެ.)


އެހެންވީމާ ޢީސޫ ސަޢީރުގެ ފަރުބަދަތަކުގެ ކައިރި ފަށުގައި ދިރިއުޅެމުން ގެންދިޔައެވެ. (ޢީސޫއަށް އަދޫމްގެ ނަމުން ވެސް މުޚާތަބު ކުރެއެވެ.)


ޔޫނަތައިންގެ ތީރުތައް އަމާޒެވެ. ޝާއުލްގެފާނުގެ ކަނޑި ތޫނެވެ. އެ ދެމީހުންގެ ތީރާއި ކަނޑިން ޖަހައި، ދުޝްމިނުން ތޮރުފައި ކޮށައި ބުރިކޮށްލިއެވެ.


ޢައްމޫނީންނަށް ދާއޫދުގެފާނު އެމީހުންނާ ދެކޮޅުވެރި ވެއްޖެކަން އެނގިއްޖެއެވެ. އެހެންކަމުން އެމީހުން ބައިތު ރުހޫބާއި ޒޫބާއިން އަރާމީންގެ މީހުން ކުއްޔަށް ހިފައިފިއެވެ. އަރާމީންގެ ބިންމަތީ ސިފައިންގެ ވިހިހާސް ތިއްބެވެ. އަދި ޢައްމޫނީން މައަކާގެ ރަސްގެފާނުގެ އެއްހާސް ސިފައިން ވެސް ކުއްޔަށް ހިފައިފިއެވެ. އޭގެ އިތުރުން ޠޫބުގެ ބާރަހާސް މީހުން ވެސް އެމީހުން ކުލިދޭގޮތަށް ގެނަސްފިއެވެ.


މިގޮތުގެ މަތިން ދާއޫދުގެފާނު އެންމެހައި އިސްރާއީލީންގެ މައްޗަށް ވެރިކަން ހިންގެވިއެވެ. އަދި އެމީހުންގެ މައްޗަށް ހެވާއި އިންސާފު ގެންނެވިއެވެ.


މީގެ އިތުރުން ދާއޫދުގެފާނު ޒޫބާގެ ރަސްގެފާނު ރަހޫބުގެ ދަރި ހަދަދުޢަޒަރުގެ ލަޝްކަރު ވެސް ބަލިކުރެއްވިއެވެ. އެއީ ފުރާތު ކޯރުގެ ސަރަހައްދުގެ މައްޗަށް އަލުން ބާރުވެރިވެގަތުމަށް އެމީހުން އައިސް އުޅެނިކޮށެވެ.


އަހަރެން މިހިރީ މިހާރު މުސްކުޅިވެ ބޯ ހުދު ވެފައި. ދެން ކަލޭމެންނަށް މަގުދައްކާނީ ކަލޭމެންގެ ރަސްގެފާނު. އަހަރެންގެ ދަރިން ކަލޭމެންނާ އެކުގައި ތިބޭނެ. އަހަރެން ކުޑައިރުއްސުރެން މިހާތަނަށް ކަލޭމެންނަށް މަގު ދައްކައިދެމުން ގެންދިޔައިން.


ޝާއުލްގެފާނު ރަސްކަމަށް އިސްކުރެވުނީ އެ ކަލޭގެފާނުގެ އުމުރުފުޅުން ތިރީސް އަހަރުގައެވެ. އޭގެ ފަހުން ސާޅީސް ދެ އަހަރު ވަންދެން ރަސްކަމުގައި ހުންނެވިއެވެ.


ދެން ޝާއުލް ފިލިސްޠީނުންނާ ކުރިމައްޗެއް ނުލެއްވިއެވެ. ފިލިސްޠީނުން އެމީހުންގެ ރަށަށް އެނބުރި ހިނގައްޖެއެވެ.


ޝާއުލްގެފާނުގެ މުޅި އުމުރުގައި ފިލިސްޠީނުންނާއި ދެމެދު ހޫނު ހަނގުރާމަތައް ކުރައްވަން ޖެހިވަޑައިގަތެވެ. އެހެންކަމުން އެކަލޭގެފާނަށް ތަނަކުން ގަދަފަދަ ނުވަތަ ހިތްވަރުގަދަ މީހަކު ފެނިއްޖެނަމަ އެމީހަކު އެކަލޭގެފާނުގެ ޚިދުމަތަށް ގެންނެވިއެވެ.


އެދުވަހު އެތަނަށް އަޅުކަން ކުރަން ގޮސް ހުރި ދުވާޣު ކިޔާ އަދޫމީންގެ މީހަކު ހުއްޓެވެ. މީނާއަކީ ރަސްގެފާނުގެ ބަކަރިތައް ބެލެހެއްޓުމާ ހަވާލުވެ ހުންނަ ވަރަށް އަރިސް މީހެކެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ