Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




1 ޞަމޫއީލް 14:46 - ކިތާބުލް މުޤައްދަސާ

46 ދެން ޝާއުލް ފިލިސްޠީނުންނާ ކުރިމައްޗެއް ނުލެއްވިއެވެ. ފިލިސްޠީނުން އެމީހުންގެ ރަށަށް އެނބުރި ހިނގައްޖެއެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




1 ޞަމޫއީލް 14:46
3 ပူးပေါင်းရင်းမြစ်များ  

ދެން މީސްތަކުން ދެންނެވިއެވެ. ”⁠އިސްރާއީލީންނަށް އެހާ މަތިވެރި ފަތަޙައެއް ހޯދައި ދީފައި އެ ވަނީ ޔޫނަތައިންގެ ހިއްވަރުން. އެހާވަރުގެ ކަމެއް ކޮށްދިން މީހާ ވެސް މަރާލަން ޖެހޭނެ ތޯ؟ ލާހިކަ ކުޅަދާނައެއް ނޫން. ދިރިދެމިވޮޑިގެންވާ މާތްރަސްކަލާނގެ ގަންދީ ހުވާ ކުރަން. އަހަރެމެން އޭނާގެ ބޮލުން އިސްތައްޓެއް ވެސް ކެނޑިޔަކަ ނުދޭނަން. އެގޮތަކީ މިއަދު އޭނާ އެވަރުގެ ކާމިޔާބެއް ކޮށްފައި އެވަނީ އެކަލާނގެ ދެއްވި މަދަދާއެކު.⁠“ މިހެން ބުނެ އެމީހުން ޔޫނަތައިން މަރުން ސަލާމަތް ކޮށްފިއެވެ.


ޝާއުލްގެފާނު އިސްރާއީލުގެ ރަސްކަލަކަށް ވީއްސުރެ އެކި ދިމަދިމާއިން ދުޝްމަނުންނާ ކުރިމަތި ލައްވާފައި ވެއެވެ. އެކަލޭގެފާނު މުއާބީންނާއި ޢައްމޫނީންނާއި އަދޫމީންނާއި ޒޫބާގެ ރަސްކަލުންނާއި އެނޫން ވެސް ފިލިސްޠީނުންނާ ކުރިމަތި ލެއްވިއެވެ. އެއިން ކޮންމެ ބައެއްގެ މައްޗަށް ވެސް އެކަލޭގެފާނު ވަނީ ފަތަޙަ ހޯއްދަވާފައެވެ.


ފިލިސްޠީނުގެ ހަނގުރާމަވެރިން އައިސް ޔަހޫޛާގެ ސަރަހައްދުގައި އޮންނަ ޝޫކޫއަށް ޖަމާވެއްޖެއެވެ. އެމީހުންގެ ފޭލިގެތައް ސޫކުއާއި ޢަޒީޤަތާ ދެމެދުގައި އޮންނަ އަފަސް ދައްމީމުގައި ރުކުރުވާލިއެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ