Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




1 ޞަމޫއީލް 14:45 - ކިތާބުލް މުޤައްދަސާ

45 ދެން މީސްތަކުން ދެންނެވިއެވެ. ”⁠އިސްރާއީލީންނަށް އެހާ މަތިވެރި ފަތަޙައެއް ހޯދައި ދީފައި އެ ވަނީ ޔޫނަތައިންގެ ހިއްވަރުން. އެހާވަރުގެ ކަމެއް ކޮށްދިން މީހާ ވެސް މަރާލަން ޖެހޭނެ ތޯ؟ ލާހިކަ ކުޅަދާނައެއް ނޫން. ދިރިދެމިވޮޑިގެންވާ މާތްރަސްކަލާނގެ ގަންދީ ހުވާ ކުރަން. އަހަރެމެން އޭނާގެ ބޮލުން އިސްތައްޓެއް ވެސް ކެނޑިޔަކަ ނުދޭނަން. އެގޮތަކީ މިއަދު އޭނާ އެވަރުގެ ކާމިޔާބެއް ކޮށްފައި އެވަނީ އެކަލާނގެ ދެއްވި މަދަދާއެކު.⁠“ މިހެން ބުނެ އެމީހުން ޔޫނަތައިން މަރުން ސަލާމަތް ކޮށްފިއެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




1 ޞަމޫއީލް 14:45
22 ပူးပေါင်းရင်းမြစ်များ  

އަންހެނާ ދެންނެވިއެވެ. ”⁠އާދޭހާއެކު ދަންނަވަން. މާތްރަސްކަލާނގެ ކަލޭގެފާނުގެ ކަލާނގެ ނަންފުޅުގައި ހުވާ ކުރައްވައި ވިދާޅުވެދެއްވާ، އަޅުގަނޑުގެ ދަރިފުޅު އަތުން އޭނާގެ ކޮއްކޮ މަރުވީތީ އެކަމުގެ ބަދަލުގައި އެކަކަށް ވެސް އެކުއްޖާ މެރުނަ ނުދެއްވާނެ ކަމަށް. އަޅުގަނޑު ހަލާކެއްގެ މައްޗަށް އިތުރު ހަލާކެއް އަންނަތަން ދެކޭކަށް ބޭނުމެއް ނުވޭ.⁠“ ދާއޫދުގެފާނު ވިދާޅުވިއެވެ. ”⁠ދިރިދެމި ވޮޑިގެންވާ ކަލާނގެ ގަންދީބުނަން އެކަކަށް ވެސް ކަލޭގެ ދަރިފުޅަށް ގޮތެއް ނުހެދޭނެ. އޭނާގެ ބޮލުގެ އެންމެ އިސްތައްޓަކަށް ވެސް ގެއްލުމެއް ނުދެވޭނެ.⁠“


ހަމައެހެންމެ، ތިޔަބައިމީހުންގެ ބޮލުގައިވާ އިސްތަށީގެ އަދަދު ވެސް އެކަލާނގެ ދެނެވޮޑިގެންވޭ.


ނަމަވެސް އެކަމުން ކަލޭމެންގެ ބޮލުގެ އިސްތައްޓެއް ހާ ހިސާބު ވެސް އުނިވެގެންނެއް ނުދާނެ.


ޕައުލް އާއި ބަރުނައްބާސް އަންތީޔޮކުއަށް އެނބުރި އައިސް އީސާގެފާނު ގަބޫލު ކުރާ މީހުންގެ ޖަމާޢަތް އެއްކޮށް އެމީހުންގެ އެދަތުރުގައި ކަންތައްތައް ވީ ގޮތުގެ ހުރިހާ ވާހަކައެއް އެމީހުންނަށް ކިޔާދިނެވެ. މާތްރަސްކަލާނގެ ބަނީއިސްރާއީލު މީހުން ނޫން މީހުންގެ ހިތުގައި އެކަލާނގެ އީމާންކަން ލެއްވި ގޮތުގެ ވާހަކަތައް ކިޔާދީ ބަޔާން ކޮށްދިނެވެ.


ދެން މި ކަންތައްތަކާ ކުރެވެމުން ދިޔަ ބަހުސް ހުއްޓި އެންމެން ހަމަހިމޭންވެ ޕައުލް އާއި ބަރުނައްބާސް މެދުވެރިކޮށް މާތްރަސްކަލާނގެ ބަނީއިސްރާއީލު މީހުން ނޫން މީސްތަކުންގެ މެދުގައި ދެއްކެވި މުޢުޖިޒާތްތަކާ ހައިރާން ކުރުވަނިވި ކަންތައްތަކުގެ ވާހަކަތައް އަޑު އެހިއެވެ.


ޕައުލް އެމީހުންނާއި ބައްދަލުކޮށް، ސަލާންކޮށް ހަދާ، މާތްރަސްކަލާނގެ އޭނާ މެދުވެރިކޮށް ބަނީއިސްރާއީލު މީހުން ނޫން މީސްތަކުންގެ މެދުގައި މާތްރަސްކަލާނގެ ކުރެއްވި ހުރިހާ ކަންތައްތަކެއްގެ ވާހަކަތައް ފުރިހަމައަށް ކިޔާދީ، ތަފްސީލު ކޮށްދިނެވެ.


އާދޭސް ކޮށްފާ ބުނަން. ކަލޭމެންގެ އަމިއްލަ ސަލާމަތަށްޓަކައި ކައި. ކަލޭމެން އެކަކަށް ވެސް ގެއްލުމެއް ވެ އަނިޔާއެއް ނުވާނެ.⁠“


ޅަކަންބަޅި އާއި ދެކޮޅަށް އެބައިމީހުން ހަނގުރާމަ ކުރާނެ. ނަމަވެސް އެބައިމީހުންގެ މައްޗަށް ޅަކަންބަޅި ފަތަޙަ ހޯއްދަވާނެ. ސަބަބަކީ އެކަލޭގެފާނީ ސާހިބުންގެ ސާހިބާ. އަދި ރަސްރަސްކަލުންގެ ރަސްގެފާނު ވެސްމެ. އެބައިމީހުންގެ މައްޗަށް އެކަލޭގެފާނު ފަތަޙަ ހޯއްދަވާނީ އެކަލޭގެފާނު ގޮވާ ޚިޔާރު ކުރެއްވި އެކަލާނގެ ކިބަފުޅަށް ތެދުވެރިވި މީސްތަކުންނާއި އެކުގައި ވެސްމެ.⁠“


ސުވަރުގޭގެ ލަޝްކަރު ހުދު ކުލައިގެ އަސްތަކުގެ މަތީގައި އެކަލޭގެފާނުގެ ފަހަތްޕުޅުން ދިޔައެވެ. އަދި އެ ލަޝްކަރު ތިބީ ސާފު ހުދު ކުލައިގެ ލިނެން ފޮތީގެ ހެދުމުގައެވެ.


ޝާއުލް ވިދާޅުވިއެވެ. ”⁠މިއަދު އެކަކު ވެސް މަރައިގެން ނުވާނެ. މިއަދަކީ މާތްރަސްކަލާނގެ ބަނީއިސްރާއީލުންނަށް ނަސްރު ދެއްވި ދުވަސް.⁠“


އެ ދުވަހު މާތްރަސްކަލާނގެ އިސްރާއީލުންނަށް ނަސްރު ދެއްވައި ހަނގުރާމަ ބައިތު އާވިން ފަހަނަޅައި ދިޔައެވެ.


ދެން ޝާއުލް ފިލިސްޠީނުންނާ ކުރިމައްޗެއް ނުލެއްވިއެވެ. ފިލިސްޠީނުން އެމީހުންގެ ރަށަށް އެނބުރި ހިނގައްޖެއެވެ.


އޭނާގެ ފުރާނަ އަތްމައްޗަށް ލައިގެން ނުކުމެ ޖުލިޔާތު ގަތުލު ކުރި. އަދި މާތްރަސްކަލާނގެ ބަނީ އިސްރާއީލުންނަށް އެވަރުގެ ކާމިޔާބެއް ދެއްވީމާ ބައްޕަވެސް އުފާފުޅު ކުރެއްވި. މިހާރު ދާއޫދު ކަހަލަ ކުށެއްނެތް މީހަކު މަރައިގެން އެ ފާފަ އިސްތަށިފުޅުގައި އަޅުއްވަން ތިޔަ އުޅުއްވަނީ ކީއްވެތޯ؟⁠“


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ