Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




1 ޞަމޫއީލް 14:44 - ކިތާބުލް މުޤައްދަސާ

44 ޝާއުލްގެފާނު ވިދާޅުވިއެވެ. ”⁠ކަލޭ މަރާ ނުލައިފި ނަމަ މާތްކަލާނގެ އަހަރެންގެ މައްޗަށް ބޮޑުވެގެންވާ ކޯފާއެއް ފޮނުއްވައިފާ ހުށި.⁠“

အခန်းကိုကြည့်ပါ။ ကော်ပီ




1 ޞަމޫއީލް 14:44
11 ပူးပေါင်းရင်းမြစ်များ  

ގާތްގަނޑަކަށް އޭގެ ތިން މަސް ދުވަސް ފަހުން ޔަހޫޛާގެ ޅީދަރިފުޅު ކޮންމެވެސް ފިރިހެނަކާއެކު ބަދުއަޚުލާގީ ޢަމަލެއް ހިންގައި ޒިނޭކުރުމުން ބަލިވެއިން ޚަބަރު މީހެއްގެފަރާތުން ޔަހޫޛާއަށް ލިބުނެވެ. އެ ހިނދު ޔަހޫޛާ އަޑުލައި މިފަދައިން އަމުރުކުރިއެވެ. ”⁠އޭނާ ދަމައި ގެނެސް އަވަށުން ބޭރުގައި ދިރިހުއްޓާ އަންދާލާ!⁠“


ދެން ދާއޫދުގެފާނު އެރަށުގެ މީހުން މަސައްކަތަށް ނެރުއްވިއެވެ. އެމީހުންގެ އަތަށް ކީސްތަކާއި ފާންތިލަތަކާއި މުޅޯތައް ހަވާލު ކުރައްވައި އެމީހުންލައްވާ ރާނާ ގާ އެޅުއްވިއެވެ. އެގޮތުގެ މަތިން ޢައްމޫނީންގެ އެހެން ސަހަރުތަކުގެ މީހުންނާ މެދު ވެސް ކަންތައް ކުރެއްވިއެވެ. ދެން ދާއޫދުގެފާނު އެކަލޭގެފާނާއި އެކުގައި އައި ފައުޖާއެކު އެނބުރި ޖެރޫސަލަމަށް ވަޑައިގެންފިއެވެ.


ދާއޫދުގެފާނު އެ މުއްސަނދިމީހާ ދެކެ ވަރަށް ކޯފާވެއްޖެއެވެ. އެކަލޭގެފާނު ނާޘާންއަށް ވިދާޅުވިއެވެ. ”⁠ދިރި ދެމި ވޮޑިގެންވާ މާތްރަސްކަލާނގެ ގަންދީ ބުނަން. ތިޔަފަދަ މީހަކަށް މަރު ޙައްޤު ވެއްޖެ.


ޢަމާސާގެ ގާތު ބުނޭ، ’⁠ކަލެއަކީ އަހަރެންގެ އާއިލާގެ މީހެއް ނޫންހޭ؟ ކަލޭ ޔުއާބުގެ ބަދަލުގައި ހަނގުރާމަވެރިންގެ ވެރިޔަކަށް އިސްނުކޮށްފިނަމަ މާތްކަލާނގެ އަހަރެންގެ މައްޗަށް ބޮޑުވެގެންވާ ކޯފާއެއް ފޮނުއްވައިފާ ހުށި!⁠‘⁠“


ދާއޫދުގެފާނަށް އެކަލާނގެ ކުރެއްވި ވަޢުދުފުޅާ އެއްގޮތަށް ކަންތައް ހިންމެވުމަށް އެކަލޭގެފާނަށް އަހަރެން އެހީތެރި ނުވެއްޖެއްޔާ މާތްކަލާނގެ އަހަރެންގެ މައްޗަށް ބޮޑުވެގެންވާ ކޯފާއެއް ފޮނުއްވައިފާ ހުށި. މާތްރަސްކަލާނގެ އަންގަވާފައި ވަނީ ޝާއުލްގެފާނުގެ ރަސްކަން ނަންގަވައި ދާއޫދުގެފާނަށް ދެއްވާނެ ކަމަށް. އަދި އެކަލޭގެފާނުގެ ރަސްކަން ދާނުގެ ސަރަހައްދުން ފެށިގެން ބިއުރުސަބްޢައާ ހަމަޔަށް ފަތުރުއްވާނެ ކަމަށް.⁠“


މާމުއި ކަލެއަށް މީރުހެއްޔެވެ؟ އެވެސް މާގިނައިން ނުބޯށެވެ. ނޫނީ ކަލޭ ބަލިވެދާނެއެވެ.


އަޅުގަނޑު މަރުވާން ވެސް ދާނީ މަންމަ ވެސް މަރުވާން ދާ ތާކަށް. އަދި މަރުވުމަށް ފަހު ވަޅުލެވޭނީ ވެސް މަންމަގެ ގާތުގައި. މިނޫން ގޮތަކަށް އަޅުގަނޑު މަންމައާ ވަކިވެ ހިނގައްޖެނަމަ މާތްރަސްކަލާނގެ އަޅުގަނޑަށް ލަޢުނަތް ލައްވާ ހުށި!⁠“


އިސްރާއީލަށް ނަސްރު ދެއްވާ މާތްރަސްކަލާނގެ ގަންދީ ބުނަން. އަހަރެންގެ ދަރި ޔޫނަތައިން އެފަދަ ފާފައެއް ކުރިޔަސް އޭނާ މަރާލާނަން.⁠“ އެކަކު ވެސް އެއްޗެއް ނުބުންޏެވެ.


މާދަމާ އިރު އަރާއިރަށް އެކަލޭގެ ގެންގުޅޭ އެންމެ ފިރިހެނަކު ދިރި ހުއްޓަސް މާތްކަލާނގެ މި ދާއޫދުގެ މައްޗަށް ބޮޑުވެގެންވާ ކޯފާއެއް ފޮނުއްވައިފާ ހުށި!⁠“


”⁠ކީކޭތަ މާތްކަލާނގެ އެންގެވީ؟⁠“ ޢާލީ އެއްސެވެ. ”⁠އެކަލާނގެ އެންގެވި އެއްވެސް ކަމެއް މަށަށް ފޮރުވައިފި ނަމަ މާތްކަލާނގެ ކަލޭގެ މައްޗަށް ބޮޑުވެގެންވާ ކޯފާއެއް ފޮނުއްވައިފާ ހުށި.⁠“


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ