Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




1 ޞަމޫއީލް 14:41 - ކިތާބުލް މުޤައްދަސާ

41 ދެން ޝާއުލްގެފާނު އިސްރާއީލުގެ އިލާހު، މާތްރަސްކަލާނގެއަށް ދުޢާ ދެންނެވިއެވެ. ”⁠އިނބަރަސްކަލާނގެ އަޅުންނަށް މިއަދު ޖަވާބު ނުދެއްވީ ކީއްވެތޯ؟ އަޅާއި އަޅުގެ ދަރިފުޅުގެ ފަރާތުން ވީކަމެއް ނަމަ އެކަން ގުރުއަތުން ދައްކަވައި ދެއްވާ⁠“ މި ގުރުއަތުން ނުކުތީ ޔޫނަތައިން އާއި ޝާއުލްގެފާނުގެ ނަންފުޅެވެ. ދެން އެހެންމީހުން ތުހުމަތުން ބަރީއަ ވެއްޖެއެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




1 ޞަމޫއީލް 14:41
9 ပူးပေါင်းရင်းမြစ်များ  

ގުރުއަތުލުމަށް ހިލަކޮޅު ވައްޓަނީ އަހަރެމެންނެވެ. އެކަމަކު އެއެތިކޮޅު ފުރޮޅޭނެ ގޮތެއް ނިންމަވަނީ މާތްރަސްކަލާނގެއެވެ.


ބާރު ގަދަ ދެމީހެއްގެ ދެމެދު ކުރެވޭ ޒުވާބެއް ގުރުއަތުލައިގެން ހުއްޓުވިދާނެއެވެ.


މި މުސީބާތެއް އެމީހުންނަށް މި ލައިގަތީ ކީއްވެތޯ ބެލުމަށް ފަޅުވެރިން އޭރު ދަނީ ފާލު ބަލަމުންނެވެ. ފާލަށް އެރީ އެކަލޭގެފާނެވެ.


ދެން އެމީހުން މި ފަދައިން ދުޢާ ކުރިއެވެ. ”⁠މާތް ސާހިބާ! ތިޔައީ އެންމެންގެ ހިތުގެ އަޑި ދެނެވޮޑިގެންވާ ފަރާތް. މި ދެމީހުންގެ ތެރެއިން މާތް ސާހިބާ ހޮއްވެވި މީހާ އަޅަމެންނަށް ހާމަކޮށް އަންގަވާފާނދޭވެ.


ދެން އެމީހުން މި ދެމީހުންގެ ތެރެއިން ހޮވޭނެ މީހަކު ބެލުމަށް ގުރުއަތުލިއެވެ. އެ ގުރުއަތުން ޔުދާސްގެ މަޤާމަށް ހޮވުނީ މައްތިޔާސް އެވެ. ދެން މައްތިޔާސް އަނެއް އެގާރަ މަންދޫބުންގެ ތެރެއަށް ބާރަވަނަ މަންދޫބެއްގެ ގޮތުން އިތުރު ކުރެވުނެވެ.


ދެން އިސްރާއީލީންނަށް ވިދާޅުވިއެވެ. ”⁠ކަލޭމެން އެންމެން އެއްފަރާތަކަށް ޖެހޭ. އަހަންނާއި އަހަރެންގެ ދަރިފުޅު ޔޫނަތައިން އަނެއް ފަރާތަށް ދޭ.⁠“ ހަނގުރާމަވެރިން ދެންނެވިއެވެ. ”⁠ކަލޭގެފާނު ވިދާޅުވި ގޮތެއް.⁠“


ޝާއުލްގެފާނު ވިދާޅުވިއެވެ. ”⁠އަހަރެމެން ދެބަފައިން ކުރެން ކާކުގެ ކުށެއްތޯ ބަލަން ޖެހޭނީ އަލުން ގުރުލާން.⁠“ މި ފަހަރު އައީ ޔޫނަތައިންގެ ނަމެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ