Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




1 ޞަމޫއީލް 14:35 - ކިތާބުލް މުޤައްދަސާ

35 ދެން ޝާއުލްގެފާނު އެތަނުގައި މާތްރަސްކަލާނގެއަށް ޤުރުބާނީ ހުށަހަޅާނެ އައްޓެއް ތައްޔާރު ކުރެއްވިއެވެ. މިއީ އެކަލޭގެފާނު މާތްރަސްކަލާނގެއަށް ޓަކައި ހެއްދެވި ފުރަތަމަ ޤުރުބާނީ އައްޓެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




1 ޞަމޫއީލް 14:35
10 ပူးပေါင်းရင်းမြစ်များ  

ދެން ދާއޫދުގެފާނު އެތަނުގައި ޤުރުބާނީ ވެދުން ކުރާއައްޓެއް ހައްދަވައިފިއެވެ. އަދި އެތަނުގައި ޤުރުބާނީ އަންދާނެ އައްޓެއް ވެސް ހައްދަވައި ގުޅުން ބަދަހި ކުރާ ޤުރުބާނީ ވެދުން ކުރައްވައިފިއެވެ. ދެން މާތްރަސްކަލާނގެ އެ މީހުންގެ ދުޢާ އިޖާބަ ކުރައްވައިފިއެވެ. އޭގެ ފަހުން އެ ބަލިމަޑުކަން އިސްރާއީލުގެ ބިމުން ފިލައިފިއެވެ.


މީގެ އިތުރުން ދީންވެރިން ކަމުގައި ހެދިގެން އުޅޭނެއެވެ. އެހެނަސް މާތްރަސްކަލާނގެ މާތްރޫޙުފުޅުގެ އެމީހުންގެ ކިބައިގައި ނެތިގެންވެއެވެ. މިފަދަ މީހުންނާއި ތިބާ އެކަހެރިވެގެން ހުންނާށެވެ.


މާތްރަސްކަލާނގެ އާއިމެދު ގާތް ގުޅުމެއްގައިވާށެވެ. އޭރުން އެކަލާނގެ ކަލޭމެންނާއި ކައިރިވެ ވޮޑިގެންވާނެއެވެ. އޭ ދެފުށަށްކެނޑޭ ފާފަވެރިންނޭވެ! ކަލޭމެންގެ ޙަޔާތުން ފާފަވެރިކަން ފޮހެލާށެވެ. ކަލޭމެންގެ ހިތްތައް ވެސް ތާހިރު ކުރާށެވެ.


ދެން އެކަލޭގެފާނު ވިދާޅުވިއެވެ. ”⁠ދޭ، ގޮސް އެމީހުންގެ ގާތުގައި ބުނޭ ކޮންމެ މީހަކު ވެސް އެމީހެއްގެ އަމިއްލަ ގެރިއާއި ބަކަރި ގެނެސް ކަތިލައިގެން މިތަނުގައި ތިބެ ކާށޭ. އެކަމަކު އޭގެ ލޭ އޮހޮރައި ހުސް ނުކޮށް ކައި ހަދައިގެން މާތްރަސްކަލާނގެ ކިބަފުޅަށް ފާފަ ކޮށްގެން ނުވާނެޔޭ.⁠“ އެރޭ އެންމެން ވެސް އެމީހެއްގެ ޖަނަވާރެއް އެތަނަށް ގެނެސް ކަތިލައިގެން ކައިފިއެވެ.


ދެން ޞަމޫއީލް މިޞްފާތާއި ޝީންއާ ދެމެދު ހިލައިގެ ބިނާއެއް ހަދައި އެތަނަށް ”⁠އިބްނު ޢާޒަރު⁠“ އޭ ކިޔާ ނަން ދިނީ މިހެން ބުނަމުންނެވެ. ”⁠މިހާތަނަށް މާތްރަސްކަލާނގެ އަހަރެމެންނަށް އެހީތެރިވެ ވޮޑިގެންނެވި.⁠“


އެދަތުރުތަކަށް ފަހު ޞަމޫއީލްގެ ރަށް ކަމަށްވާ ރާމާއަށް އެނބުރި އާދެއެވެ. އެރަށުގައި މާތްރަސްކަލާނގެ ކިބަފުޅަށް ޤުރުބާނީ ވެދުން ކުރާނެ މަޤާމެއް ވެސް ހަދައި އިސްރާއީލުގެ މައްޗަށް އަދާލަތު ގާއިމު ކުރެއްވިއެވެ.


ދެން ޞަމޫއީލް ޅަ ކަންބަޅިއެއް ގެނެސް އަންދައި ޤުރުބާނީ ހުށަހަޅައި އިސްރާއީލުގެ މީހުންނަށް ރައްކާތެރިކަން ދެއްވުން އެދި މާތްރަސްކަލާނގެ ކިބަފުޅަށް ދުޢާ ދެންނެވިއެވެ. މާތްރަސްކަލާނގެ އެ ދުޢާ އިޖާބަ ކުރެއްވިއެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ