1 ޞަމޫއީލް 14:34 - ކިތާބުލް މުޤައްދަސާ34 ދެން އެކަލޭގެފާނު ވިދާޅުވިއެވެ. ”ދޭ، ގޮސް އެމީހުންގެ ގާތުގައި ބުނޭ ކޮންމެ މީހަކު ވެސް އެމީހެއްގެ އަމިއްލަ ގެރިއާއި ބަކަރި ގެނެސް ކަތިލައިގެން މިތަނުގައި ތިބެ ކާށޭ. އެކަމަކު އޭގެ ލޭ އޮހޮރައި ހުސް ނުކޮށް ކައި ހަދައިގެން މާތްރަސްކަލާނގެ ކިބަފުޅަށް ފާފަ ކޮށްގެން ނުވާނެޔޭ.“ އެރޭ އެންމެން ވެސް އެމީހެއްގެ ޖަނަވާރެއް އެތަނަށް ގެނެސް ކަތިލައިގެން ކައިފިއެވެ. အခန်းကိုကြည့်ပါ။ |
ދެން މީހަކު އައިސް ޝާއުލްގެފާނުގާތު ދެންނެވިއެވެ. ”ނިކަން ދެކެވަޑައިގެން ބައްލަވަ! އެމީހުން އެތިބަ ކައިގަތީ ލޭ ވެސް ފިލުވާނުލައި. އެމީހުން މާތްރަސްކަލާނގެ ކިބަފުޅަށް އެކުރަނީ ކިހާވަރެއްގެ ބޮޑު ފާފައެއް.“ ޝާއުލްގެފާނު ވިދާޅުވިއެވެ. ”ކަލޭމެން ތިޔަ ކުރީ ވަރަށް ބޮޑު ފާފައެއް. ކަލޭމެން ތިޔަ މަސްތައް ކައިގަތީ ލޭ ވެސް ނުފިލުވާ. އަވަހަށް މިތަނަށް ބޮޑު ގަލެއް ފުރޮޅައިގެން ގެނޭ.“