Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




1 ޞަމޫއީލް 14:33 - ކިތާބުލް މުޤައްދަސާ

33 ދެން މީހަކު އައިސް ޝާއުލްގެފާނުގާތު ދެންނެވިއެވެ. ”⁠ނިކަން ދެކެވަޑައިގެން ބައްލަވަ! އެމީހުން އެތިބަ ކައިގަތީ ލޭ ވެސް ފިލުވާނުލައި. އެމީހުން މާތްރަސްކަލާނގެ ކިބަފުޅަށް އެކުރަނީ ކިހާވަރެއްގެ ބޮޑު ފާފައެއް.⁠“ ޝާއުލްގެފާނު ވިދާޅުވިއެވެ. ”⁠ކަލޭމެން ތިޔަ ކުރީ ވަރަށް ބޮޑު ފާފައެއް. ކަލޭމެން ތިޔަ މަސްތައް ކައިގަތީ ލޭ ވެސް ނުފިލުވާ. އަވަހަށް މިތަނަށް ބޮޑު ގަލެއް ފުރޮޅައިގެން ގެނޭ.⁠“

အခန်းကိုကြည့်ပါ။ ကော်ပီ




1 ޞަމޫއީލް 14:33
12 ပူးပေါင်းရင်းမြစ်များ  

ދިރޭއެއްޗެއް ކަތިލުމަށް ފަހު އޭގެ ލޭ ބޭރުވެ ހުސްވީމާ ނޫނީ ތިޔަބައިމީހުން އޭގެ މަސް ކައިގެން ނުވާނެ.


އޭ ދެފުށްދެގޮތް މީހާ! އެންމެ ފުރަތަމަ ތިބާގެ ލޮލުގައި ތި އޮންނަ ލަކުޑިބުރި ނަގާ. އޭރުން ތިބާގެ އަޚާގެ ލޮލުގައި އޮންނަ ކުނޑިކޮޅު ނެގުމަށް ތިބާއަށް ސާފުކޮށް ފެންނާނެ.


އޭގެ ބަދަލުގައި އަހަރެންނަށް ފެންނަނީ އަހަރެމެން އެމީހުންނަށް ސިޓީއެއް ލިޔެ މި ފަދައިން އެންގުމަށް. އެއީ އެމީހުން އެއްވެސް ކަލާނގެއަކަށް ޤުރުބާންކޮށް ހުށައަޅާފައިވާ ކާއެއްޗެހި ނުކެއުމަށާއި އަދި ކަރުއަނބުރާ މަރާލެވޭ ޖަނަވާރުތަކުގެ މަސް ނުކެއުމަށާ އަދި އެއްވެސް ޖަނަވާރެއްގެ ލޭ ނުބުއިމަށާއި އެއްވެސް ކަހަލަ ޖިންސީ ފާފައެއް ނުކުރުމަށް އެންގުމަށް.


ދެން އެކަލޭގެފާނު ވިދާޅުވިއެވެ. ”⁠ދޭ، ގޮސް އެމީހުންގެ ގާތުގައި ބުނޭ ކޮންމެ މީހަކު ވެސް އެމީހެއްގެ އަމިއްލަ ގެރިއާއި ބަކަރި ގެނެސް ކަތިލައިގެން މިތަނުގައި ތިބެ ކާށޭ. އެކަމަކު އޭގެ ލޭ އޮހޮރައި ހުސް ނުކޮށް ކައި ހަދައިގެން މާތްރަސްކަލާނގެ ކިބަފުޅަށް ފާފަ ކޮށްގެން ނުވާނެޔޭ.⁠“ އެރޭ އެންމެން ވެސް އެމީހެއްގެ ޖަނަވާރެއް އެތަނަށް ގެނެސް ކަތިލައިގެން ކައިފިއެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ