Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




1 ޞަމޫއީލް 14:3 - ކިތާބުލް މުޤައްދަސާ

3 މި މީހުންގެ ތެރޭގައި އިމާމުންގެ އަފޫދު ހެދުން ލާފައި ހުރި އެކަކީ އަޚިއްޔާ އެވެ. މީނާއަކީ ޔަކުބޫދުގެ ބޭބެ އަޚީތޫބްގެ ދަރިއެކެވެ. ޔަކްބޫދު އަކީ ޝީލޫހުގައި މާތްރަސްކަލާނގެ އިމާމެއްގެ ގޮތުގައި ހުރި ޢާލީ ދަރި ފީނަޙާސް ގެ ދަރިއެކެވެ. މިއިން އެކަކަށް ވެސް ޔޫނަތައިން އެތަނުން ދިޔަކަމެއް އެނގިފައެއް ނެތެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




1 ޞަމޫއީލް 14:3
9 ပူးပေါင်းရင်းမြစ်များ  

ކޮންމެ އަހަރަކު އަލްޤާނާ އޭނާގެ ރަށުން ފުރައިގެން ޝީލޫހަށް ދަތުރު ކުރެއެވެ. އެމީހުން ޝީލޫހަށް ގޮސް ކުޅަދުންވަންތަ މާތްރަސްކަލާނގެއަށް އަޅުކަންކޮށް ޤުރުބާނީ ވެދުން ކުރެއެވެ. މިރަށުގައި މާތްރަސްކަލާނގެ އިމާމުންގެ ގޮތުގައި އޭރު އުޅެނީ ޢާލީގެ ދެދަރިން ކަމަށްވާ ޚުފްނީ އާއި ފީނަޙާސް އެވެ.


ދެން ޝާއުލްގެފާނު ވިދާޅުވިއެވެ. ”⁠މިރޭ ފިލިސްޠީނުންނާއި ހަނގުރާމަކޮށް އިރުއަރަންވާ އިރަށް އެ އެންމެންގެ ކަންތައް ނިންމާލަމާ ހިނގާ.⁠“ ފައުޖުގެ މީހުން ބުންޏެވެ. ”⁠ކަލޭގެފާނަށް ރަނގަޅުހެން ހީފުޅުވާ ގޮތަކަށް ކަންތައް ކުރައްވާ.⁠“ އެކަމަކު އިމާމު ބުންޏެވެ. ”⁠ރަނގަޅުވާނީ މާތްކަލާނގެއަށް ދަންނަވާލިއްޔާ.⁠“


ނަމަވެސް ޞަމޫއީލް މާތްރަސްކަލާނގެ އަށް ޚިދުމަތް ކުރުމުގައި ދެމިހުށްޓެވެ. އޭނާ ކުޑަޔަކަސް ހުންނަނީ ލިނެން ފޮތިން އިމާމުން ލާ ކަހަލަ އަފޫދު ހެދުމެއް ލާފައެވެ.


އެތަނުގައި ވީ ގަބީލާތަކުގެ ތެރޭން ކަލޭގެ ބައްޕަ ހޮއްވަވައި ޤުރުބާނީ ޖަގަހައިގައި ދުން ބަހައްޓައި އަފޫދު ހެދުމުގައި އިމާމެއްގެ ގޮތުގައި ހުރެ ތިމަންކަލާނގެއަށް ޚިދުމަތް ކުރުމާއި މަތިކުރިން. ތިމަންކަލާނގެ މައްޗަށް އިސްރާއީލުގެ މީހުން ގިނި އަންދައި ކުރާ ޤުރުބާނީގެ ބައެއް ކަލޭގެ އާއިލާ ބޭނުން ކުރުމުގެ ހުއްދަ ދިނިން.


މި ހަމަލައިން ސަލާމަތްވީ އަޚީމާލިކުގެ ދަރި އަބިޔާތަރު އެކަންޏެވެ. އޭނާ ފިލައިގެން ދިޔައީ ދާއޫދުގެ ގާތަށެވެ.


އޭނާ މަރުވުމުގެ ކުރީން އެ ދަރިފުޅަށް ޔަކުބޫދުއޭ ކިޔާ ނަން ދިނެވެ. އެހެނީ އެދުވަހު އިސްރާއީލުގެ އަތުން މާތްރަސްކަލާނގެ ޖަލާލަތު ވަންތަކަން ޖަހައިގެން ގެންދެވުނީތީ އެވެ. އޭނާ މިހެން މި ހެދީ މާތްކަލާނގެ ފޮށިކޮޅު ގެއްލި ދިއުމުގެ އިތުރުން އޭނާގެ ފިރިމީހާއާއި ބަފައިކަލޭގެ ވެސް މަރުވެ ދިއުމުންނެވެ.


ދެން އެމީހުން ކުޅަދުންވަންތަ މާތްރަސްކަލާނގެ ޢަހުދު ކުރެއްވި ޢަހުދުނާމާ ފޮށިކޮޅު ބަލާ ޝީލޫހު އަށް މީހުން ފޮނުވައިފިއެވެ. އެ ފޮށިކޮޅަކީ އޭގެ މަތީގައި ރަނުން ދެ މަލާއިކަތުންގެ ސޫރައިގައި ކަރޫބީމު ހަދާފައި އެ ދެމެދުގައި މާތްރަސްކަލާނގެ ފާޅުވެ ވޮޑިގެންނެވި ތަން ހަދާފައިވާ ފޮށިކޮޅެކެވެ. ފޮށިކޮޅާއެކު ޢާލީގެ ދެ ދަރިން ކަމަށްވާ ޚުފްނީއާއި ފީނަޙާސް ވެސް އައެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ