Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




1 ޞަމޫއީލް 14:28 - ކިތާބުލް މުޤައްދަސާ

28 އެވަގުތު އޭގެ ތެރޭން މީހަކު އޭނާގެ ގާތު ބުންޏެވެ. ”⁠ކަލޭގެ ބައްޕަ ވަނީ މިއަދު އަހަރެމެންނާ ހުވައެއް މަތި ކުރައްވާފައި. އެއީ ދުޝްމަނުން ބަލި ނުވަނީސް އެކަކު ވެސް ކާ އެއްޗެއް ނުކެއުމަށް. އެހެންނޫނީ އެމީހަކަށް ލަޢުނަތް ލެވިދާނެޔޭ. އެހެންވެ އެންމެން މިތިބީ ހާންތިވެފަ⁠“

အခန်းကိုကြည့်ပါ။ ကော်ပီ




1 ޞަމޫއީލް 14:28
4 ပူးပေါင်းရင်းမြစ်များ  

އިސްރާއީލު މީހުން އެދުވަހު ތިބީ ނުތަނަވަސްކަން މަތީގައެވެ. އެހެނީ ޝާއުލްގެފާނު އެމީހުންނާ ހުވައެއް މަތިކުރައްވައިފިވެ. ”⁠އެކަކު ވެސް މިއަދު އިރުއޮއްސުމުގެ ކުރީގައި އަދާވާތްތެރިން ބަލިކޮށްފައި ނޫނީ އެއްޗެއް ކައިބޮއި ހަދައިފި މީހަކަށް ލަޢުނަތް ހުރި.⁠“ އެހެންވެ އެދުވަހު އެކަކު ވެސް ކާއެއްޗެއް ނުކައެވެ.


އެހެނަސް ޔޫނަތައިން އަކަށް އޭނާގެ ބައްޕަގެ މި މަތިކުރުވި ހުވާގެ ޚަބަރު އިވިފައެއް ނެތެވެ. އެހެންކަމުން އޭނާ ދަޑިބުރިއަކުން އެތަނުން މާމުއި ހަތައެއްގައި ޖައްސައި ތެންމައިގެން އަނގަޔަށް ލިއެވެ. އެއާއެކު އޭނާގެ ގައިގައި ވަރުޖެހިއްޖެ އެވެ.


ޔޫނަތައިން ބުންޏެވެ. ”⁠ބައްޕާފުޅު މި އެންމެންނަށް އެ ޖެއްސެވީ ކިހާ ބޮޑު ތަކުލީފެއް. ނިކަން ދެކެބަލަ، އަހަރެން އޭގެ ކުޑަ އެތިފޮދެއް ރަހަ ބަލާލީމަވެސް އަހަރެން ގައިގައި ވަރު ޖެހި ތާޒާ ވީވަރު.


ޝާއުލްގެފާނު ވިދާޅުވިއެވެ. ”⁠ކަލޭ ކުރީ ކީއްތަ؟ މަގޭ ގާތު ބުނޭ!⁠“ ޔޫނަތައިން ބުންޏެވެ. ”⁠އަޅުގަނޑު ދަނޑިބުރިއަކުން ކުޑަ މާމުއިކޮޅެއް ނަގައި ރަހަބެލީ. އެކަމާހެދި އަޅުގަނޑު މަރާލަން ވީތޯ؟⁠“


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ