1 ޞަމޫއީލް 14:24 - ކިތާބުލް މުޤައްދަސާ24 އިސްރާއީލު މީހުން އެދުވަހު ތިބީ ނުތަނަވަސްކަން މަތީގައެވެ. އެހެނީ ޝާއުލްގެފާނު އެމީހުންނާ ހުވައެއް މަތިކުރައްވައިފިވެ. ”އެކަކު ވެސް މިއަދު އިރުއޮއްސުމުގެ ކުރީގައި އަދާވާތްތެރިން ބަލިކޮށްފައި ނޫނީ އެއްޗެއް ކައިބޮއި ހަދައިފި މީހަކަށް ލަޢުނަތް ހުރި.“ އެހެންވެ އެދުވަހު އެކަކު ވެސް ކާއެއްޗެއް ނުކައެވެ. အခန်းကိုကြည့်ပါ။ |
ރަސްގެފާނު އެމީހުންނަށް އަމުރު ކުރެއްވިއެވެ. ”ގޮސް ބުނޭ ކައިވެނީގެ ރަނަކަށް ރަސްގެފާނު ބޭނުންފުޅުހާ ވެސް އެއްޗަކީ ސަތޭކަ ފިލިސްޠީނުން މަރައި އެމީހުންގެ ޚިތާނު ކުރެވުނު ކަމުގެ ނިޝާނޭ. އެއީ އަދާވާތްތެރިންގެ ކިބައިން ބަދަލު ހިފުމަށޭ.“ ޝާއުލްގެފާނުގެ ރޭއްވެވުމަކީ ދާއޫދު ފިލިސްޠީނުންގެ އަތްދަށު ކޮށް މަރާލުމެވެ.