22 އަދި އަފްރާއީމުގެ ފަރުބަދަތަކާއި ހިލަތަކުގެ ފުރަގަހަށް ވަދެ ފިލާ ތިބި މީހުންނަށް ވެސް މި ޚަބަރު ލިބިގެން ނުކުމެ ފިލިސްޠީނުގެ ހަނގުރާމަވެރިން ފަހަތުން ގޮސް ތަޅާ ތިރި ކުރަން ފަށައިފިއެވެ.
އިސްރާއީލުގެ މީހުންނަށް މި ލަޝްކަރު ފެނުމުން އެމީހުންނަށް ގަދަ ނުވެވޭނެކަން ވިސްނިގެން ވަލުތެރެއަށާއި ހޮހަޅައަށާއި ގާ ގަލުގެ ފުރަގަހަށާއި ވަޅު ވަޅަށް ފައިބައި ފިލައްޕެވެ.
މިހެން ކިޔާފައި މި ދެމީހުން ގޮސް ފިލިސްޠީނުގެ ފޭލިގެތަކުގެ ކުރިމައްޗަށް ނުކުމެ އެމީހުންނަށް ފެނިގެންފިއެވެ. ފިލިސްޠީނުން ބުނެއްޕެވެ. ”ޢިބްރާނީން ފިލާތިބި ހޮރުހޮރުން ނުކުމެގެން މިތިބަ ފިރުކެނީ.“
އުރުދުން ކޯރުގެ އަނެއްފަރާތުގައި އާއި ވާދީގެ ތެރޭގައި ތިބި މީހުންނަށް ޝާއުލްގެފާނާއި އެކަލޭގެފާނުގެ ދަރިންތައް މަރުވެ އިސްރާއީލީންގެ ލަޝްކަރު ފިލަންދާތަން ފެނުމުން އެމީހުންގެ އަވަށްތައް ދޫކޮށް ގޮސް ފިލައިފިއެވެ. ދެން ފިލިސްޠީނުން އައިސް އިސްރާއީލީންގެ އަވަށްތަކަށް ވެރިވެގެންފިއެވެ.