2 އޭރު ޝާއުލްގެފާނު ޖިބްޢާގެ ރަށްބޭރު އަވަށެއް ކަމަށްވާ މަޖްރޫންގެ އަންނާރުގަހެއްގެ ހިޔަލުގައި އިންނެވިއެވެ. އެކަލޭގެފާނާއެކު ހަ ސަތޭކަ ހަނގުރާމަވެރިން ތިއްބެވެ.
އެއް ދުވަހަކު ހަތިޔާރު އުފުލާ ޒުވާނާގެ ގާތު ޔޫނަތައިން ބުންޏެވެ. ”ހިނގާ އަހަރެމެން ފިލިސްޠީނުންގެ ޖަގަހައިގެ ފުރަގަހުން ގޮސް ދިމާކުރަން.“ މިވާހަކަ އޭނާގެ ބައްޕަ ޝާއުލްގެފާނަކަށް ނުދަންނަވައެވެ.
ޝާއުލްގެފާނަށް ދާއޫދުމެން ވީތަން އެނގުނު ޚަބަރު ލިބިވަޑައިގެންފި އެވެ. އޭރު އެކަލޭގެފާނު އިންނެވީ ޖިބްޢާގެ ފަރުބަދަތަކުގެ ތެރޭ ތަމަރިސްކު ގަހެއްގެ ދަށުގައެވެ. އަތްޕުޅުގައި ލޮންސި އޮތެވެ. ރަސްގެފާނުގެ ހުރިހާ އަރިހުބޭކަލުން އެންމެން ވެސް އެތަނުގައި ތިއްބެވެ. ރަސްގެފާނު އެމީހުންނަށް ވިދާޅުވިއެވެ.