Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




1 ޞަމޫއީލް 14:18 - ކިތާބުލް މުޤައްދަސާ

18 ޝާއުލްގެފާނު އަޚިއްޔާ ގާތު ވިދާޅުވިއެވެ. ”⁠އަފޫދު މިތަނަށް ގެނޭ.⁠“ އޭރު އިމާމު ވަނީ އިސްރާއީލީންގެ މެދުގައި އަފޫދު ހެދުމުގައެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




1 ޞަމޫއީލް 14:18
13 ပူးပေါင်းရင်းမြစ်များ  

އުރިއްޔާ ދަންނަވައްޕެވެ. ”⁠މާތްރަސްކަލާނގެ މުޤައްދަސް ފޮށިކޮޅާއި އިސްރާއީލުގެ ސިފައިންނާއި ޔަހޫޛާއިން އެތިބީ ފޭލިގެތަކުގައި. އަޅުގަނޑުގެ ސާހިބު ޔުއާބުއާއި ދާއޫދު ރަސްގެފާނުގެ ހަނގުރާމަވެރިން އެތިބީ ހާމަ މައިދާނުގައި. އެހެން އެކަންތައް ހުއްޓައި އަޅުގަނޑު ކައިބޮއި އަނބިމީހާގެ ގާތަށް ގޮސް އަރާމުކުރަން އޮވެވޭނީ ކިހިނެއްތޯ؟ އަޅުގަނޑު ތިޔަ ރަސްގެފާނުގެ ދިރިހުރުން ގަންދީ ދަންނަވަން އެއަކީ އަޅުގަނޑަކަށް ކުރެވޭނެ ކަމެއް ނޫން!⁠“


ދެން ޝާއުލްގެފާނު އެންގެވިއެވެ. ”⁠މި ލަޝްކަރުގެ ތެރޭން ވަކިވެގެން ދިޔައީ ކޮންބައެއްތޯ ބަލާ!⁠“ ދެން އެމީހުން ގުނާ ބެލިއިރު މަދުވަނީ ޔޫނަތައިން އާއި އޭނާގެ ހަތިޔާރު އުފުލާ މީހާއެވެ.


ދެން ޝާއުލްގެފާނު ވިދާޅުވިއެވެ. ”⁠މިރޭ ފިލިސްޠީނުންނާއި ހަނގުރާމަކޮށް އިރުއަރަންވާ އިރަށް އެ އެންމެންގެ ކަންތައް ނިންމާލަމާ ހިނގާ.⁠“ ފައުޖުގެ މީހުން ބުންޏެވެ. ”⁠ކަލޭގެފާނަށް ރަނގަޅުހެން ހީފުޅުވާ ގޮތަކަށް ކަންތައް ކުރައްވާ.⁠“ އެކަމަކު އިމާމު ބުންޏެވެ. ”⁠ރަނގަޅުވާނީ މާތްކަލާނގެއަށް ދަންނަވާލިއްޔާ.⁠“


މި ޚަބަރު ލިބިގެން އަފޫދު ޖުއްބާ ގެންނަން ދާއޫދު އަބިޔާތަރުއަށް އެންގިއެވެ.


އެމީހުން އެ ފޮށިކޮޅު ދާޖޫނު ފައްޅިއަށް ގެންގޮސް އެތަނުގެ ދާޖޫންގެ ބުދު ކައިރީ ބަހައްޓައިފިއެވެ.


ދެން ޤަރްޔަތު ޔަޢާރީމުގެ މީހުން އައިސް މާތްރަސްކަލާނގެ ފޮށިކޮޅު ގެންގޮސް ފަރުބަދަމަތީގައި ހުންނަ އަބީނާދާބްގެ ގޭގައި ބަހައްޓައި އޭނާގެ ދަރިފުޅު އަލިޢާޒާރުއާ އެ ފޮށިކޮޅު ބެލެހެއްޓުން ހަވާލު ކޮށްފިއެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ