17 ދެން ޝާއުލްގެފާނު އެންގެވިއެވެ. ”މި ލަޝްކަރުގެ ތެރޭން ވަކިވެގެން ދިޔައީ ކޮންބައެއްތޯ ބަލާ!“ ދެން އެމީހުން ގުނާ ބެލިއިރު މަދުވަނީ ޔޫނަތައިން އާއި އޭނާގެ ހަތިޔާރު އުފުލާ މީހާއެވެ.
ޖިބްޢާގައި ތިބި ޝާއުލްގެފާނުގެ ލަޝްކަރަށް ފިލިސްޠީނުން ހޭލަމޭލިވެ ކޮޅުކޮޅު މައްޗަށް ކެވިއަރައިގެން ދާތަން ފެނިއްޖެއެވެ.
ޝާއުލްގެފާނު އަޚިއްޔާ ގާތު ވިދާޅުވިއެވެ. ”އަފޫދު މިތަނަށް ގެނޭ.“ އޭރު އިމާމު ވަނީ އިސްރާއީލީންގެ މެދުގައި އަފޫދު ހެދުމުގައެވެ.