Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




1 ޞަމޫއީލް 14:16 - ކިތާބުލް މުޤައްދަސާ

16 ޖިބްޢާގައި ތިބި ޝާއުލްގެފާނުގެ ލަޝްކަރަށް ފިލިސްޠީނުން ހޭލަމޭލިވެ ކޮޅުކޮޅު މައްޗަށް ކެވިއަރައިގެން ދާތަން ފެނިއްޖެއެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




1 ޞަމޫއީލް 14:16
8 ပူးပေါင်းရင်းမြစ်များ  

މިހެންވެ ފިލިސްޠީނުންގެ ލަޝްކަރުގެ ފޭލިގެތަކުގައިއާއި ދަނޑުމަތީގައި ތިބި މީހުންނާއި ބުރުޒުތަކުގެ މަތީ ފޯރިމަރަން ތިބި މީހުންނާއި ކުރިއަރައިގެން އައި ހަނގުރާމަވެރިން ބިރުގެންފިއެވެ. އެވަގުތު ބިންގަނޑު ގުޑުގުޑު އަޅައިގެންފިއެވެ. އެވަގުތު މާތްކަލާނގެ އެވަނީ އެމީހުން ފިތްކަނޑައިގެން ދާވަރުގެ ބިރުވެރި ކަމެއް ފޮނުއްވާފައެވެ.


ދެން ޝާއުލްގެފާނު އެންގެވިއެވެ. ”⁠މި ލަޝްކަރުގެ ތެރޭން ވަކިވެގެން ދިޔައީ ކޮންބައެއްތޯ ބަލާ!⁠“ ދެން އެމީހުން ގުނާ ބެލިއިރު މަދުވަނީ ޔޫނަތައިން އާއި އޭނާގެ ހަތިޔާރު އުފުލާ މީހާއެވެ.


ދެން ޝާއުލްގެފާނު އަރިހުގައި ތިބި ލަޝްކަރު ރުކުރުވާލައި ހަނގުރާމައަށް ނުކުމެއްޖެއެވެ. އޭރު ފިލިސްޠީނުންގެ ލަޝްކަރަށް އޮޅުން އަރާފައިވާ ވަރުން އެމީހުންގެ ކަނޑިތަކުން އެކަކު އަނެކަކަށް ވެސް ހަމަލަ ދެމުން ގެންދެއެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ