Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




1 ޞަމޫއީލް 14:15 - ކިތާބުލް މުޤައްދަސާ

15 މިހެންވެ ފިލިސްޠީނުންގެ ލަޝްކަރުގެ ފޭލިގެތަކުގައިއާއި ދަނޑުމަތީގައި ތިބި މީހުންނާއި ބުރުޒުތަކުގެ މަތީ ފޯރިމަރަން ތިބި މީހުންނާއި ކުރިއަރައިގެން އައި ހަނގުރާމަވެރިން ބިރުގެންފިއެވެ. އެވަގުތު ބިންގަނޑު ގުޑުގުޑު އަޅައިގެންފިއެވެ. އެވަގުތު މާތްކަލާނގެ އެވަނީ އެމީހުން ފިތްކަނޑައިގެން ދާވަރުގެ ބިރުވެރި ކަމެއް ފޮނުއްވާފައެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




1 ޞަމޫއީލް 14:15
18 ပူးပေါင်းရင်းမြစ်များ  

އެއަށް ފަހު ޔަޢުޤޫބުގެފާނާއި އެކަލޭގެފާނުގެ ދަރިންގެ އިތުރުން އެކަލޭގެފާނާއި އެކުގައި ވީ ހުރިހާ އެންމެން ބައިތުއީލްއަށް ދިއުމަށް އެރަށުން ފުރިއެވެ. އެބައިމީހުންގެ ދަތުރުގައި މާތްކަލާނގެ އެބައިމީހުންނަށް ރައްކާތެރިކަން ދެއްވިއެވެ. އެއާއެކު ކައިރީގައި ވީ ކަންޢާނުގެ އަވަށްތަކުގެ މީހުންގެ މައްޗަށް މާތްރަސްކަލާނގެ ބިރުވެރިކަން މެދުވެރިކުރެއްވިއެވެ. އެހެންކަމުން، އެއްވެސް ފަރާތަކުން އެބައިމީހުންނަށް ޙަމަލައެއް ނާދެއެވެ.


ހަމަލަދޭން ފަށަންވާނީ ބަލްސާން ގަސްތަކުގެ މަތިން ގުންފައިޖަހާފައި ބަޔަކު ހިނގާފައި ދާކަހަލަ އަޑެއް އިވުމުން. އެވަގުތު ތިމަންކަލާނގެ ކަލޭގެފާނަށް ވުރެން ކުރީގައި އެތަނުގައި ވޮޑިގަންނަވައި ކަލޭގެފާނަށް ފިލިސްޠީނީން ބަލިކޮށް ދެއްވާނަން.⁠“


މުޅި ފަރުބަދަވަނީ ދުމުން ފުރިފައެވެ. އެހެނީ މާތްރަސްކަލާނގެ އެތަނަށް ވޮޑިގެންނެވީ އަލިފާނުގެ ގޮތުގައެވެ. ހީވަނީ އުނދުންވަޅަކުން ދުން އަރާހެންނެވެ. އެވަގުތު މުޅިތަން ތުރުތުރުއަޅަމުން ދިޔައެވެ.


ހަނގުރާމައިގެ އަޑުފަށްގަނޑާއި އަދި ހަނގުރާމައިގެ ޚަބަރުތައް ތިޔަބައިމީހުންނަށް އަޑުއިވޭނެ. ނަމަވެސް އެކަންތަކާމެދު ކަންބޮޑުނުވޭ. އެއީ ކުރީކޮޅުގައި ހިނގަން ޖެހޭނެ ކަންތައްތައް. އެކަމަކު އެއީ ފަހުގެ ނިމުމުގެ ވަގުތު އައިސް ޖެހުމެއް ނޫން.


ދެން ފިލިސްޠީނުންގެ ލަޝްކަރުގެ ތެރޭގައި ހިމެނޭ ގަދަފަދަ ފަހުލަވާނުންގެ ތިން ފިރުޤާއެއް އެކުލަވައި މީގެ އެއް ފިރުޤާ ޝުއާލްގެ ޢަފްރާއާ ވީ މަގުން ދީމާކޮށްފިއެވެ.


އަނެއް ފިރުޤާ ބައިތު ޙޫރޫންއާ ދިމާލުން އެރިއެވެ. ތިންވަނަ ފިރުޤާ ދިޔައީ ޒަބޫއީމުގެ ވާދީތަކާ ދިމާ މަތީގައި އޮންނަ ސަހަރާގެ އިމާ ދިމާއަށެވެ.


ފިލިސްޠީނުންގެ ލަޝްކަރުގެ ބަޔަކު މިހާރު މިޚްމާސްގެ ދެފަރުބަދަ ދޭތެރޭ އަޑިމަގު ހުރަސްކޮށް ކުރިއަށް ދާން ފަށައިފިއެވެ.


ފުރަތަމަ ހަމަލާގައި ވެސް ތިރީސް މީޓަރުގެ ދުރުމިނުގެ ތެރޭ ވިއްސަކަށް ފިލިސްޠީނުން މަރާލައިފިއެވެ.


ޖިބްޢާގައި ތިބި ޝާއުލްގެފާނުގެ ލަޝްކަރަށް ފިލިސްޠީނުން ހޭލަމޭލިވެ ކޮޅުކޮޅު މައްޗަށް ކެވިއަރައިގެން ދާތަން ފެނިއްޖެއެވެ.


ފިލިސްޠީނުގެ މީހުން ހަނގުރާމައަށް އައިސް ކައިރިވެގަތެވެ. އޭރު ޞަމޫއީލް ޤުރުބާނީ ހުށަހަޅަމުން ދަނީއެވެ. އެވަގުތު މާތްރަސްކަލާނގެ އުޑުން ގަދަފަދަވެގެންވާ ގުގުރިއެއްގެ އަޑު އިއްވަވައިފިއެވެ. އެއާއެކު ފިލިސްޠީނު މީހުން ބިރުން ވިއްސިވިހާލި ވެއްޖެއެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ