Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




1 ޞަމޫއީލް 14:1 - ކިތާބުލް މުޤައްދަސާ

1 އެއް ދުވަހަކު ހަތިޔާރު އުފުލާ ޒުވާނާގެ ގާތު ޔޫނަތައިން ބުންޏެވެ. ”⁠ހިނގާ އަހަރެމެން ފިލިސްޠީނުންގެ ޖަގަހައިގެ ފުރަގަހުން ގޮސް ދިމާކުރަން.⁠“ މިވާހަކަ އޭނާގެ ބައްޕަ ޝާއުލްގެފާނަކަށް ނުދަންނަވައެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




1 ޞަމޫއީލް 14:1
13 ပူးပေါင်းရင်းမြစ်များ  

ޝާއުލްގެފާނު އިސްރާއީލީންގެ ތިންހާސް މީހުން ހޮއްވަވައި އޭގެ ތެރޭން ދެ ހާސް މީހުން އެކަލޭގެފާނާ އެކު ބައިތުއީލް ފަރުބަދަމަތީ ރަށެއް ކަމަށްވާ މިޚްމާސް އަށް ގެންދެވިއެވެ. އަދި އެއްހާސް މީހުން ބަންޔާމީންގެ ސަރަހައްދުގައި އޮންނަ ޖިބްޢައަށް ދަރިކަލުން ޔޫނަތައިންގެ ގާތަށް ފޮނުއްވިއެވެ. ފައުޖުގައި ބާކީ ތިބި މީހުން އެމީހުންގެ ގޭގެއަށް ފޮނުއްވިއެވެ.


ހަނގުރާމައެއް ކުރަން ދިމާވިއަސް ޝާއުލްގެފާނުގެ ލަޝްކަރުގެ މީހެއްގެ އަތުގައި ކަނޑިއެއް ލޮންސިއެއް ނޯވެއެވެ. ހުރި އެއްޗެއް ހުންނަނީ ޝާއުލްގެފާނާއި އެކަލޭގެފާނުގެ ދަރިކަލުން ޔޫނަތައިންގެ އަތުގައެވެ.


ފިލިސްޠީނުންގެ ލަޝްކަރުގެ ބަޔަކު މިހާރު މިޚްމާސްގެ ދެފަރުބަދަ ދޭތެރޭ އަޑިމަގު ހުރަސްކޮށް ކުރިއަށް ދާން ފަށައިފިއެވެ.


އޭރު ޝާއުލްގެފާނު ޖިބްޢާގެ ރަށްބޭރު އަވަށެއް ކަމަށްވާ މަޖްރޫންގެ އަންނާރުގަހެއްގެ ހިޔަލުގައި އިންނެވިއެވެ. އެކަލޭގެފާނާއެކު ހަ ސަތޭކަ ހަނގުރާމަވެރިން ތިއްބެވެ.


ދެން އޭނާގެ ޚާދިމުންނަށް އެންގިއެވެ. ”⁠ކުރީގައި ތިބެގެން ދޭ. އަހަރެން ފަހަތުން އެބަ އަންނަން.⁠“ އޭނާ މިކަންތައް ކުރީ ނާބާލްއަށް އެންގުމެއް ނެތިއެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ