1 ޞަމޫއީލް 13:5 - ކިތާބުލް މުޤައްދަސާ5 ފިލިސްޠީނުންގެ ލަޝްކަރުގައި ތިންހާސް އަސްގާޑިޔަލާއި ހަ ހާސް އަސްވާރުންނާއި އަދި ބިމުގައި ހުރި ވެއްޔެކޭ އެއްވަރަށް ހަނގުރާމަވެރިން ތިއްބެވެ. އެ ލަޝްކަރު ބައިތު އާވިނުގެ އިރުން އޮންނަ މިޚްމާސްގައި ރުކުރުވާލިއެވެ. အခန်းကိုကြည့်ပါ။ |
ޝާއުލްގެފާނު އިސްރާއީލީންގެ ތިންހާސް މީހުން ހޮއްވަވައި އޭގެ ތެރޭން ދެ ހާސް މީހުން އެކަލޭގެފާނާ އެކު ބައިތުއީލް ފަރުބަދަމަތީ ރަށެއް ކަމަށްވާ މިޚްމާސް އަށް ގެންދެވިއެވެ. އަދި އެއްހާސް މީހުން ބަންޔާމީންގެ ސަރަހައްދުގައި އޮންނަ ޖިބްޢައަށް ދަރިކަލުން ޔޫނަތައިންގެ ގާތަށް ފޮނުއްވިއެވެ. ފައުޖުގައި ބާކީ ތިބި މީހުން އެމީހުންގެ ގޭގެއަށް ފޮނުއްވިއެވެ.