1 ޞަމޫއީލް 13:3 - ކިތާބުލް މުޤައްދަސާ3 ޖިބްޢައިގެ ސަރަހައްދުގައިވާ ފިލިސްޠީނުންގެ ސިފައިންގެ ޖަގަހައަށް ޔޫނަތައިން ހަމަލަ ދީފިއެވެ. މި ޚަބަރު ފިލިސްޠީނުންނަށް ވެސް ލިބިއްޖެއެވެ. ދެން ޝާއުލްގެފާނު ވިދާޅުވިއެވެ. ”ކަންތައް ހިނގިގޮތް ޢިބްރާނީންނަށް ވެސް އަންގާ!“ ދެން އެމީހުން ތާޅަފިލި ފުމެ މުޅިރަށަށް އެ ޚަބަރު އަންގައިފި އެވެ. အခန်းကိုကြည့်ပါ။ |
އެތަނުގައި ބިކްރީގެދަރި ޝަބަޢަ ހުއްޓެވެ. އޭނާ އަކީ ވަރަށް ނުބައި މީހެކެވެ. މި ޝަބަޢަ އަކީ ބަންޔާމީންގެ ދަރިކޮޅުގެ މީހެކެވެ. ޝަބަޢަ އޭނާގެ މީހުން އެއްތަން ކުރުމަށް ތާޅަފިލި ފުމެލައިފިއެވެ. އޭނާ ބުންޏެވެ. ”އަހަރެމެންނަކާ ދާއޫދުއަކާ ވާކަމެއް ނެތް. އަހަރެމެންނަކާ ޔައްސާގެ ދަރިޔަކާ ވެސް ގުޅުމެއް ނެތް. އެންމެން ހިނގާ ގެޔަށް ދާން.“