Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




1 ޞަމޫއީލް 13:2 - ކިތާބުލް މުޤައްދަސާ

2 ޝާއުލްގެފާނު އިސްރާއީލީންގެ ތިންހާސް މީހުން ހޮއްވަވައި އޭގެ ތެރޭން ދެ ހާސް މީހުން އެކަލޭގެފާނާ އެކު ބައިތުއީލް ފަރުބަދަމަތީ ރަށެއް ކަމަށްވާ މިޚްމާސް އަށް ގެންދެވިއެވެ. އަދި އެއްހާސް މީހުން ބަންޔާމީންގެ ސަރަހައްދުގައި އޮންނަ ޖިބްޢައަށް ދަރިކަލުން ޔޫނަތައިންގެ ގާތަށް ފޮނުއްވިއެވެ. ފައުޖުގައި ބާކީ ތިބި މީހުން އެމީހުންގެ ގޭގެއަށް ފޮނުއްވިއެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




1 ޞަމޫއީލް 13:2
24 ပူးပေါင်းရင်းမြစ်များ  

އެތަނުގައި ބިކްރީގެދަރި ޝަބަޢަ ހުއްޓެވެ. އޭނާ އަކީ ވަރަށް ނުބައި މީހެކެވެ. މި ޝަބަޢަ އަކީ ބަންޔާމީންގެ ދަރިކޮޅުގެ މީހެކެވެ. ޝަބަޢަ އޭނާގެ މީހުން އެއްތަން ކުރުމަށް ތާޅަފިލި ފުމެލައިފިއެވެ. އޭނާ ބުންޏެވެ. ”⁠އަހަރެމެންނަކާ ދާއޫދުއަކާ ވާކަމެއް ނެތް. އަހަރެމެންނަކާ ޔައްސާގެ ދަރިޔަކާ ވެސް ގުޅުމެއް ނެތް. އެންމެން ހިނގާ ގެޔަށް ދާން.⁠“


އަޅުގަނޑުމެންނަށް ޝާއުލްގެފާނުގެ ހަތް ފިރިހެން ދަރިން ދެއްވާ. ޝާއުލްގެފާނަކީ މާތްރަސްކަލާނގެ އިސްކުރެއްވި ރަސްކަލެއް. އެހެންވީމާ އެކަލޭގެފާނުގެ ދަރިން ޖިބްއާގެ ފަރުބަދަ މަތީ މާތްރަސްކަލާނގެ ކުރިފުޅުމަތީގައި ދަންޖައްސާލެވޭނެ.⁠“ ދާއޫދު ރަސްގެފާނު ވިދާޅުވިއެވެ. ”⁠އެންމެ ރަނގަޅު. އަހަރެން އެމީހުން ކަލޭމެންނާ ހަވާލު ކޮށްފާނަން.⁠“


ނަތޫފާ އަވަށުގެ ބަޢްނާގެ ދަރި ޚާލިބު، ބަންޔާމީންގެ ޖިބްއާ އަވަށުގެ ރީބާއީގެދަރި އިއްތާއީ،


ދެން ބާރުގަދަ ފަހުލަވާނުންގެ ތެރޭން ބަޔަކު ޝާއުލްގެ ފަހަތު ވުމަށް މާތްކަލާނގެ ހިތްޖައްސަވައިފި އެވެ. އެމީހުން ޝާއުލްއާއެކު ޖިބްޢާގައި ހުންނަ އޭނާގެ ގެޔަށް ހިނގައްޖެއެވެ.


ދެން ޖިބްއާ އަރާ ހަމަވާތަނުން ކަލޭގެފާނަށް ފިލިސްޠީނުންގެ ސިފައިންގެ ޖަގަހައަކާ ދިމާވާނެ. އަދި ނަބީ ބޭކަލުންތަކެއް މަޤާމުފުޅުން ފައިބައި ކަލޭގެފާނާ ބައްދަލު ކުރާނެ. އެބޭކަލުންގެ ކުރީގައި ތިބެ އޫދު ކުޅެ ތާރަޖަހައި، އޮނު ފުމެ، ބޮޑު އޫދު ކުޅެމުން ވަޖިދުވަމުން ބަޔަކު އަންނާނެ.


ޝާއުލްގެފާނު ރަސްކަމަށް އިސްކުރެވުނީ އެ ކަލޭގެފާނުގެ އުމުރުފުޅުން ތިރީސް އަހަރުގައެވެ. އޭގެ ފަހުން ސާޅީސް ދެ އަހަރު ވަންދެން ރަސްކަމުގައި ހުންނެވިއެވެ.


ޞަމޫއީލްގެފާނު އެއްސެވިއެވެ. ”⁠ކަލޭގެފާނު ތިޔަ ހެއްދެވީ ކިހިނެއް؟⁠“ ޝާއުލްގެފާނު ދެންނެވިއެވެ. ”⁠އަޅުގަނޑު ދޫކޮށް ހުރިހާ ހަނގުރާމަވެރިން ދާން ފަށައިފި. ކަލޭގެފާނު ވެސް ހަތް ދުވަސް ވީއިރު ވެސް ވަޑައެއް ނުގެންނެވި. ފިލިސްޠީނުން މިޚްމާސްއަށް ޖަމާވަމުން ދާން ފަށައިފި.


ދެން ޞަމޫއީލްގެފާނު ޖިލްޖާލުން އެނބުރި ވަޑައިގެން ބަންޔާމީންގެ ރަށެއް ކަމުގައިވާ ޖިބްޢާ އަށް ވަޑައިގެންފިއެވެ. ޝާއުލްގެފާނުގެ ލަޝްކަރުގައި ބާކީ ތިބި މީހުންގެ އަދަދު ގުނިއިރު އަދިވެސް ހަ ސަތޭކަ މީހުން އެބަތިއްބެވެ.


ޝާއުލްގެފާނާއި އެކަލޭގެފާނުގެ ދަރިކަލުން ޔޫނަތައިންގެ ދެކަލުން ތިއްބެވީ ބަންޔާމީންގެ ޖިބްޢައިގައެވެ. އޭރު ފިލިސްޠީނުންގެ ލަޝްކަރު މިޚްމާސްގައި ފޭލިގެ ޖަހައިފިއެވެ.


ފިލިސްޠީނުންގެ ލަޝްކަރުގެ ބަޔަކު މިހާރު މިޚްމާސްގެ ދެފަރުބަދަ ދޭތެރޭ އަޑިމަގު ހުރަސްކޮށް ކުރިއަށް ދާން ފަށައިފިއެވެ.


ފިލިސްޠީނުންގެ ލަޝްކަރުގައި ތިންހާސް އަސްގާޑިޔަލާއި ހަ ހާސް އަސްވާރުންނާއި އަދި ބިމުގައި ހުރި ވެއްޔެކޭ އެއްވަރަށް ހަނގުރާމަވެރިން ތިއްބެވެ. އެ ލަޝްކަރު ބައިތު އާވިނުގެ އިރުން އޮންނަ މިޚްމާސްގައި ރުކުރުވާލިއެވެ.


އެދުވަހު އިސްރާއީލީން ފިލިސްޠީނުންނާ މިޚްމާސްއާއި އައްޔަލޫންއާ ދެމެދު ގަދަފަދައަށް ހަނގުރާމަކޮށް އެމީހުން ވަނީ ބަޑުހައިވެ ވަރުދެރަ ވެފައެވެ.


އެއް އުސްގަނޑު ވަނީ މިޚްމާސް އާދިމާ އުތުރުގައެވެ. އަނެއް އުސްގަނޑު ވަނީ ޖިބްޢައިގެ ކުރިމަތީ ދެކުނުގައެވެ.


ޝާއުލްގެފާނުގެ މުޅި އުމުރުގައި ފިލިސްޠީނުންނާއި ދެމެދު ހޫނު ހަނގުރާމަތައް ކުރައްވަން ޖެހިވަޑައިގަތެވެ. އެހެންކަމުން އެކަލޭގެފާނަށް ތަނަކުން ގަދަފަދަ ނުވަތަ ހިތްވަރުގަދަ މީހަކު ފެނިއްޖެނަމަ އެމީހަކު އެކަލޭގެފާނުގެ ޚިދުމަތަށް ގެންނެވިއެވެ.


ދެން ޞަމޫއީލްގެފާނު ރާމާއަށް އެނބުރި ވަޑައިގެންފިއެވެ. ޝާއުލްގެފާނު ޖިބްޢާގައި ހުންނަ އެކަލޭގެފާނުގެ ގެކޮޅަށް ވަޑައިގެންފިއެވެ.


އިސާހިތަކު މަގުމަތީގައި ކަންބަޅިބަކަރި އައިންތަކެއް ހުރި ހިސާބަކަށް އެކަލޭގެފާނަށް ވަޑައިގެންނެވިއްޖެއެވެ. ދެން އެހިސާބުގައި ހުރި ހޮހަޅައަކާ އަރާ ހަމަވިތަނާ ޝާއުލްގެފާނު ހާޖަތެއް ފުއްދަވަން ޖެހިވަޑައިގެން އެތަނަށް ވެދެވަޑައިގެންފިއެވެ. އެވަގުތު ދާއޫދުއާއި އޭނާގެ މީހުން ތިބީ އެ ހޮހަޅައިގެ ފުނުގައެވެ.


ޝާއުލްގެފާނު ދާއޫދު އަތުލައި ގެންނެވުމަށް ތިންހާސް ފަހުލަވާނުންގެ ލަޝްކަރަކާއެކު ޒީފުގެ ސަހަރާގެ ތެރެއަށް ވަޑައިގެންފިއެވެ.


ޞަމޫއީލް އެމީހުންގެ ގާތު ބުންޏެވެ. ”⁠ކަލޭމެން ރަސްކަލަކު އިސްކޮށްފިނަމަ ކަލޭމެންގެ ފިރިހެން ދަރިން އޭނާގެ ލަޝްކަރުގައި ޚިދުމަތް ކުރަން ޖައްސާނެ. އެމީހުން އަސްގާޑިޔާ ދުއްވާ މީހުންނާއި އަސްވާރުންގެ ތެރެއަށް ލައި އެރަސްގެފާނުގެ އަސްގާޑިޔާތަކުގެ ކުރިމަތީގައި ދުވަން ޖައްސުވާނެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ