Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




1 ޞަމޫއީލް 13:15 - ކިތާބުލް މުޤައްދަސާ

15 ދެން ޞަމޫއީލްގެފާނު ޖިލްޖާލުން އެނބުރި ވަޑައިގެން ބަންޔާމީންގެ ރަށެއް ކަމުގައިވާ ޖިބްޢާ އަށް ވަޑައިގެންފިއެވެ. ޝާއުލްގެފާނުގެ ލަޝްކަރުގައި ބާކީ ތިބި މީހުންގެ އަދަދު ގުނިއިރު އަދިވެސް ހަ ސަތޭކަ މީހުން އެބަތިއްބެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




1 ޞަމޫއީލް 13:15
4 ပူးပေါင်းရင်းမြစ်များ  

ޝާއުލްގެފާނު އިސްރާއީލީންގެ ތިންހާސް މީހުން ހޮއްވަވައި އޭގެ ތެރޭން ދެ ހާސް މީހުން އެކަލޭގެފާނާ އެކު ބައިތުއީލް ފަރުބަދަމަތީ ރަށެއް ކަމަށްވާ މިޚްމާސް އަށް ގެންދެވިއެވެ. އަދި އެއްހާސް މީހުން ބަންޔާމީންގެ ސަރަހައްދުގައި އޮންނަ ޖިބްޢައަށް ދަރިކަލުން ޔޫނަތައިންގެ ގާތަށް ފޮނުއްވިއެވެ. ފައުޖުގައި ބާކީ ތިބި މީހުން އެމީހުންގެ ގޭގެއަށް ފޮނުއްވިއެވެ.


އޭރު ޝާއުލްގެފާނު ޖިބްޢާގެ ރަށްބޭރު އަވަށެއް ކަމަށްވާ މަޖްރޫންގެ އަންނާރުގަހެއްގެ ހިޔަލުގައި އިންނެވިއެވެ. އެކަލޭގެފާނާއެކު ހަ ސަތޭކަ ހަނގުރާމަވެރިން ތިއްބެވެ.


އެދުވަހު ވަރަށް ހެނދުނާ ޞަމޫއީލްގެފާނު ތެދުވެ ވަޑައިގެން ޝާއުލްގެފާނާ ބައްދަލު ކުރައްވަން ވަޑައިގެންނެވިއެވެ. މީހުން ދެންނެވިއެވެ. ”⁠ޝާއުލްގެފާނު ކަރްމަލް ކިޔާ ރަށެއްގައި އެކަލޭގެފާނުގެ ނަންފުޅަށް ނިސްބަތްވާ ހަނދާނީ ބިނާއެއް ހައްދަވައި މިހާރު ވަޑައިގެންވީ ޖިލްޖާލުގައި.⁠“


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ