1 ޞަމޫއީލް 13:12 - ކިތާބުލް މުޤައްދަސާ12 އަޅުގަނޑު ހިތަށް އަރައިފި. ފިލިސްޠީނުން ޖިލްޖާލަށް އައިސް އަޅުގަނޑަށް ހަމަލަ ދީފާނެއޭ. މިހާތަނަށް އަޅުގަނޑު މާތްރަސްކަލާނގެ ކިބަފުޅުން އެހީއަކަށް އެދި ދަންނަވާފައެއް ނޯންނާނެ. އެހެންކަމުން އަޅުގަނޑު އަމިލައަށް ޤުރުބާނީ ވެދުން ކުރަން މަޖްބޫރުވީ.“ အခန်းကိုကြည့်ပါ။ |
ޞަމޫއީލްގެފާނު ވިދާޅުވިއެވެ. ”ކަލޭގެފާނު ކަންތައް ތި ކުރެއްވީ ވަރަށް ވެސް ވިޔާނުދާކޮށް. އެހެނީ ކަލޭގެފާނުގެ ކަލާނގެ، މަތިވެރި މާތްރަސްކަލާނގެ އަމުރުފުޅާ އެއްގޮތަށް ކަލޭގެފާނު ކަންތައް ކުރެއްވި ނަމަ އެކަލާނގެ ކަލޭގެފާނާއި ކަލޭގެފާނުގެ ދަރިކޮޅު މީހުން ހުރިހާ ދުވަހަކު ވެސް އިސްރާއީލުގެ ވެރިކަމުގައި ލެހެއްޓެވީސް.
އެކަމަކު ޞަމޫއީލްގެފާނު ވިދާޅުވިއެވެ. ”މާތްރަސްކަލާނގެއަށް ޤުރުބާންކޮށް ވެދުން ހުށަހެޅީމަ އެކަލާނގެ މާބޮޑު އުފާފުޅެއް ވޭތަ؟ އެކަލާނގެއަށް ޤުރުބާނީއެއް ހުށަހެޅުމަށް ވުރެން އެކަލާނގެއަށް މުހިންމީ ކިޔަމަންތެރިކަން. ފިރިހެން ކަންބަޅިއެއްގެ ބޮޑު ސަރުބީގަނޑެއް އަންދައި އެކަލާނގެ އަށް ކުރާ ވެދުމަކަށް ވުރެން އެކަލާނގެއަށް ކިޔަމަންތެރިކަން އަދާ ކުރުން މާ މުހިންމު.