Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




1 ޞަމޫއީލް 13:11 - ކިތާބުލް މުޤައްދަސާ

11 ޞަމޫއީލްގެފާނު އެއްސެވިއެވެ. ”⁠ކަލޭގެފާނު ތިޔަ ހެއްދެވީ ކިހިނެއް؟⁠“ ޝާއުލްގެފާނު ދެންނެވިއެވެ. ”⁠އަޅުގަނޑު ދޫކޮށް ހުރިހާ ހަނގުރާމަވެރިން ދާން ފަށައިފި. ކަލޭގެފާނު ވެސް ހަތް ދުވަސް ވީއިރު ވެސް ވަޑައެއް ނުގެންނެވި. ފިލިސްޠީނުން މިޚްމާސްއަށް ޖަމާވަމުން ދާން ފަށައިފި.

အခန်းကိုကြည့်ပါ။ ကော်ပီ




1 ޞަމޫއީލް 13:11
12 ပူးပေါင်းရင်းမြစ်များ  

މަތިވެރިރަސްކަލާނގެ އަންހެނާއަށް ވަޙީކުރެއްވިއެވެ. ”⁠ކަލޭ ތިޔަކުރީ ކޮންފަދަ ކަމެއް؟⁠“ އަންހެނާ ބުންޏެވެ. ”⁠އެ ހަރުފަ މިއަޅާއަށް އޮޅުވާލީމާ މިއަޅާ އެމޭވާ ކެއީ.⁠“


މާތްރަސްކަލާނގެ ވަޙީކުރެއްވިއެވެ. ”⁠ކަލޭ ތިޔަކުރީ ކޮންފަދަ އަނިޔާވެރި ކަމެއް؟ ބިންގަނޑުގެ މައްޗަށް އޮހޮރުނު ކަލޭގެ ކޮއްކޮގެ ލޭ ކަލެއަށް އަދަބު ދިނުމަށް އެދި އެބަ އާދޭސް ދަންނަވާ.


ޔުއާބު ދާއޫދުގެފާނުގެ އަރިހަށް ގޮސް ދެންނެވިއެވެ. ”⁠ތިޔަ ކުރެއްވީ ކީއްތޯ؟ އަބްނައިރު ކަލޭގެފާނުގެ ކައިރިއަށް އައީމާ ކަލޭގެފާނު އޭނާ ސަލާމަތުން ފޮނުއްވާ ލެއްވީ ކީއްވެތޯ؟ މިހާރު އޭނާ ގޮސް ނިމިއްޖެ!


އަޅުގަނޑު ހިތަށް އަރައިފި. ފިލިސްޠީނުން ޖިލްޖާލަށް އައިސް އަޅުގަނޑަށް ހަމަލަ ދީފާނެއޭ. މިހާތަނަށް އަޅުގަނޑު މާތްރަސްކަލާނގެ ކިބަފުޅުން އެހީއަކަށް އެދި ދަންނަވާފައެއް ނޯންނާނެ. އެހެންކަމުން އަޅުގަނޑު އަމިލައަށް ޤުރުބާނީ ވެދުން ކުރަން މަޖްބޫރުވީ.⁠“


ޝާއުލްގެފާނާއި އެކަލޭގެފާނުގެ ދަރިކަލުން ޔޫނަތައިންގެ ދެކަލުން ތިއްބެވީ ބަންޔާމީންގެ ޖިބްޢައިގައެވެ. އޭރު ފިލިސްޠީނުންގެ ލަޝްކަރު މިޚްމާސްގައި ފޭލިގެ ޖަހައިފިއެވެ.


ޝާއުލްގެފާނު އިސްރާއީލީންގެ ތިންހާސް މީހުން ހޮއްވަވައި އޭގެ ތެރޭން ދެ ހާސް މީހުން އެކަލޭގެފާނާ އެކު ބައިތުއީލް ފަރުބަދަމަތީ ރަށެއް ކަމަށްވާ މިޚްމާސް އަށް ގެންދެވިއެވެ. އަދި އެއްހާސް މީހުން ބަންޔާމީންގެ ސަރަހައްދުގައި އޮންނަ ޖިބްޢައަށް ދަރިކަލުން ޔޫނަތައިންގެ ގާތަށް ފޮނުއްވިއެވެ. ފައުޖުގައި ބާކީ ތިބި މީހުން އެމީހުންގެ ގޭގެއަށް ފޮނުއްވިއެވެ.


ފިލިސްޠީނުންގެ ލަޝްކަރުގެ ބަޔަކު މިހާރު މިޚްމާސްގެ ދެފަރުބަދަ ދޭތެރޭ އަޑިމަގު ހުރަސްކޮށް ކުރިއަށް ދާން ފަށައިފިއެވެ.


ފިލިސްޠީނުންގެ ލަޝްކަރުގައި ތިންހާސް އަސްގާޑިޔަލާއި ހަ ހާސް އަސްވާރުންނާއި އަދި ބިމުގައި ހުރި ވެއްޔެކޭ އެއްވަރަށް ހަނގުރާމަވެރިން ތިއްބެވެ. އެ ލަޝްކަރު ބައިތު އާވިނުގެ އިރުން އޮންނަ މިޚްމާސްގައި ރުކުރުވާލިއެވެ.


އެއް އުސްގަނޑު ވަނީ މިޚްމާސް އާދިމާ އުތުރުގައެވެ. އަނެއް އުސްގަނޑު ވަނީ ޖިބްޢައިގެ ކުރިމަތީ ދެކުނުގައެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ