1 ޞަމޫއީލް 13:1 - ކިތާބުލް މުޤައްދަސާ1 ޝާއުލްގެފާނު ރަސްކަމަށް އިސްކުރެވުނީ އެ ކަލޭގެފާނުގެ އުމުރުފުޅުން ތިރީސް އަހަރުގައެވެ. އޭގެ ފަހުން ސާޅީސް ދެ އަހަރު ވަންދެން ރަސްކަމުގައި ހުންނެވިއެވެ. အခန်းကိုကြည့်ပါ။ |
ޝާއުލްގެފާނު އިސްރާއީލީންގެ ތިންހާސް މީހުން ހޮއްވަވައި އޭގެ ތެރޭން ދެ ހާސް މީހުން އެކަލޭގެފާނާ އެކު ބައިތުއީލް ފަރުބަދަމަތީ ރަށެއް ކަމަށްވާ މިޚްމާސް އަށް ގެންދެވިއެވެ. އަދި އެއްހާސް މީހުން ބަންޔާމީންގެ ސަރަހައްދުގައި އޮންނަ ޖިބްޢައަށް ދަރިކަލުން ޔޫނަތައިންގެ ގާތަށް ފޮނުއްވިއެވެ. ފައުޖުގައި ބާކީ ތިބި މީހުން އެމީހުންގެ ގޭގެއަށް ފޮނުއްވިއެވެ.