1 ޞަމޫއީލް 12:3 - ކިތާބުލް މުޤައްދަސާ3 އަހަރެން މިހާރު މިހިރީ ކަލޭމެންގެ ކުރިމަތީގައި. އަހަރެން ކަލޭމެންގެ ވެރިއެއްގެ ގޮތުގައި ހުރި އިރު ތިއިން އެއްވެސް މީހަކަށް ދެރައެއް ދިނިންތަ؟ އެއްވެސް މީހެއްގެ ގެރިއެއް ހިމާރެއް ނެގިންތަ؟ އެއްވެސް މީހެއް އެދޭ ގޮތަކަށް ކަންތައް ނިންމައި ދިނުމަށް ރިޝްވަތެއް އަތުލާފައި ވާނެތަ؟ އެފަދަ ކަމެއް އަހަރެންގެ ފަރާތުން ކުރެވިފައި ވާނަމަ މާތްރަސްކަލާނގެއާއި ކަލޭމެންގެ އެކަލާނގެ ހޮއްވަވާފައިވާ ރަސްގެފާނުގެ ހާޒިރުގައި އެވާހަކަ ބުނޭ. އޭރުން އަހަރެން އޭގެ ބަދަލު އަދާކޮށް ދޭނަން.“ အခန်းကိုကြည့်ပါ။ |
އެދުވަހު ޒައްކާޔުސް އެގޭގައި ވީ އެންމެންގެ ކުރިމަތީގައި މާތްސާހިބާއަށް ދެންނެވިއެވެ. ”މާތްސާހިބާ! އަޅުގަނޑަށް ވާ ހުރިހާ މުދަލެއްގެ ދެބައިކުޅަ އެއްބައި މިރަށުގެ ހުރިހާ ފަގީރުންނަށް ހަމަ މިއަދު އަޅުގަނޑު ދޭނަން. އަދި އަޅުގަނޑު ހެދި މަކަރުތަކުގެ ސަބަބުން ގެއްލުމެއް ލިބުނު ކޮންމެ މީހަކަށް އެމީހެއްގެ އަތުން ނެގި ތަކެއްޗަށް ވުރެ ހަތަރު ގުނަ އިތުރަށް އެމީހަކަށް ދޭނަން.“
ތިޔަބައިމީހުންނަށް އެނގޭނޭ ފަދައިން ތިޔަބައިމީހުންނާއިމެދު ހެޔޮބަސްތައް ބުނެ ތިޔަބައިމީހުން ވާވެއްދުމަކަށް އަހަރެމެން މަސައްކަތެއް ނުކުރަމެވެ. ތިޔަބައިމީހުންނަށް މަކަރުހަދައިގެން ތިޔަބައިމީހުންގެ އަތުގައި ވީ ފައިސާ ހޯދުމަށް އަހަރެމެން މަސައްކަތެއް ނުކުރާކަން ތިޔަބައިމީހުންނަށް އެނގޭނޭ ފަދައިން މާތްރަސްކަލާނގެވެސް ހެކިވެލައްވާނެއެވެ.
ހުއިހައްޕާ މީހަކު ކަންބަޅިތަކާއިމެދު ޒިންމާވާނެ ފަދައިން މީސްތަކުންނާއިމެދު ޒިންމާ ވާށެވެ. އެބައިމީހުންނާއިމެދުގައި ޒިންމާވާން ޖެހެނީ ތިޔަބައިމީހުންގެ އަޅާލުން އެބައިމީހުންގެ މައްޗަށް މާތްރަސްކަލާނގެ އެދިވޮޑިގަންނަވާތީއެވެ. މިފަދައިން އަމަލުކުރަންވީ ހަމައެކަނި މާތްރަސްކަލާނގެ އެދިވޮޑިގަންނަވާ ގޮތް ކަމުގައި ބަލައިގެން ނޫނެވެ. ތިޔަބައިމީހުން އުފާވެރި ކަމާއެކު ޚިދުމަތް ކުރުމަށް އެދިގެންވާތީއެވެ. ފަހަރެއްގައި ވެސް މުއްސަނދި ކަމަށް އެދިގެން ނޫނެވެ. ހިތުންރުހުމުން ކުރާ ކަމެއްގެ ގޮތުގައެވެ.
ބައްޕާފުޅާ، ނިކަން ބައްލަވަ މިއޮތީ ކަލޭގެފާނުގެ ހެދުންކޮޅުން އަޅުގަނޑު ކަނޑާފައިވާ އެތިކޮޅެއް. އަޅުގަނޑު ކެނޑީ މި އެތިކޮޅު. އެކަމަކު ކަލޭގެފާނަށް ޣައްދާރުވެ އަވަހާރަ ކޮށެއް ނުލަން. މިހާރު ގަބޫލު ކުރެއްވޭނެ ނޫންތޯ މަނިކުފާނު އަޅުގަނޑު އަތުލައިގަނެ މަރާލަން އުޅުއްވި އިރު ވެސް އަޅުގަނޑު ކަލޭގެފާނަށް ގެއްލުމެއް ދޭން ނޫޅޭކަން.