މިޞްރު މީހުން އޭރުން ބުނާނެ، ’އެމީހުންގެ ކަލާނގެ މިރަށުން އެމީހުން ނެރުއްވީ ފަރުބަދަތަކުގެ ތެރެއަށް ގެންގޮސް އެމީހުން މަރާލައި އެމީހުންގެ ވަސް މިބިންމަތިން ފިލުވާލުމަށޭ ނޫންތޯ؟‘ ތިޔަ ކޯފާ މަޑު ކުރައްވާ! އިނބަރަސްކަލާނގެ އެމީހުންނާމެދު ތިޔަގޮތަށް ކަންތައް ކުރެއްވުން ހުއްޓަވާ ލައްވާ! އެވަރުގެ ގަދަފަދަ ކޯފާއެއް އިނބަރަސްކަލާނގެ މީހުންގެ މައްޗަށް ނުފޮނުއްވާ!